ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުން ފުށިދިއްގަރު މަޝްރޫއު އުނިކުރުމަކީ ބޯހިޔާވަހިކަމުގެ އުންމީދުގައި ކޮޅުފައިން ޖެހުން: ހަމްދާން

ފަހިދިރިއުޅުން ކޯޕަރޭޝަންގެ އެމްޑީ, ހަމްދާން
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު އެއް މަޝްރޫއު ފުށިދިއްގަރުފަޅު ޕްރޮޖެކްޓު ބަޖެޓު ކޮމިޓީން އުނި ކުރުމަކީ، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުތަކުގައި ކޮޅުފައިން ޖެހުންކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ކުރީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި ބަޖެޓުގެ މަސައްކަތް މަޖިލީހުން ފަށައިގެން ކުރިޔަށް ގެންދާއިރު، މިދިޔަ ބުރާސްފަތި ދުވަހު ކޮމޮޓީން ބަޖެޓު ފަސް ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެދިގެން ހިމަނާފައިވާ ފުށިދިއްގަރުފަޅުގެ މަޝްރޫއު ހިންގުމަށް ހިމެނި 400 މިލިއަން އެހެން މަޝްރޫއުތަކަށް ބަހާލުމަށް ފަހު އެވެ.

އެކަމަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށް ހަމްދާން މިއަދު ވިދާޅުވީ ދައުލަތުގެ ބަޖެޓުން އެ މަޝްރޫއު އުނި ކުރުމަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހެއްގެ ކޮމިޓީން ނިންމި ނިންމުމަކީ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުތަކުގައި ކޮޅުފައިން ޖެހުން ކަމަށެވެ.

ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތާއި ގުޅުވައި ރައީސްގެ އަޒުމަކީ 30 ދުވަސް ހަމަވުމުގެ ކުރިން ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުމެވެ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުއާއި ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ މި މަޝްރޫއު ނިމުމުން ހުޅުމާލޭގެ 2 ފިޔަވަހި އެއްކޮށްލުމުން ވާ ޖާގައިގެ ތިން ގުނަ ބޮޑު ޖާގައެއް ލިބިގެންދާނެކަމަށެވެ. އެއީ ގާތްގަނޑަކަށް 1200 ހެކްޓަރު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި މަޝްރޫއު 8 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ 7 ސަރަހައްދެއްގައި އިންޓަގްރޭޓެޑް އާބަން ސެންޓަރުތައް ގާއިމުކުރުމާއި އެކު، ސަރަހައްދީ، ދެމެހެއްޓިނިވި ތަރައްގީ ގެނައުމުގެ ވިސްނުމުގައި މި ސަރުކާރުން މަސައްކަތްތައް ކުރިއަށްގެންދަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: