ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒާއި، ރައީސް ސޯލިހު އީސީއަށް މާލީ ބަޔާން ހުށަހަޅުއްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ވެސް ސުންގަޑި ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަހަޅުއްވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މާލީ ބަޔާން ލިބިފައިވާތީ މިހާރު ކުރިޔަށް ދަނީ އެ ބަޔާންތައް އާންމު ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ މަރުހަލާގެ މަސައްކަތް ކަމަށެވެ. އެހެންކަމުން އެބައިތައް ފުރިހަމަ ކުރެވުމާއި، އެކު އޮންނަ އިޖުރާއަތުގެ ތެރެއިން މައުލޫމާތުތައް އާންމު ކުރާނެކަމަށް އޭނަ ވިދާޅުވި އެވެ.

ކެންޑިޑޭޓުން އިންތިހާބުގެ ކެމްޕެއިންތައް ކުރިޔަށް ގެންދިޔަ ގޮތުގެ ތަފްސީލު ހިމެނޭ ރިޕޯޓެއް ކަމާއި ގުޅޭ ލިޔެކިއުންތަކާއި އެކު ހުށަހެޅުމަށް ގާނޫނުން ލާޒިމު ކުރެ އެވެ. އަދި އެ ބަޔާނުގައި ކުރި ހަރަދުތަކުގެ ތަފްސީލާއި އިންތިހާބަށް ހަރަދުތައް ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފްސީލު ހިމެނުމުގެ އިތުރުން ފައިސާ ދިން ފަރާތްތަކާއި އޭގެ އަދަދުތައް ހިމަނަން ޖެހޭނެ އެވެ.

ކެންޑިޑޭޓުން ހުށަހަޅަން ޖެހޭ އިތުރު ލިޔެކިއުންތަކުގެ ތެރޭގައި ބޭންކް ސްޓޭޓްމަންޓުތަކާއި ކުރި ހުރިހާ މުއާމަލާތެއްގެ ތަފްސީލު އެނގޭނެހެން އެކައުންޓު ސްޓޭޓްމަންޓުތައް އަދި ސައްހަ މައުލޫމާތުކަން އަންގައިދޭ ފައިސާ ރަސީދުތައް ވެސް ހުށަހަޅަން ޖެހޭނެ އެވެ. އަދި އިންވޮއިސްތަކާއި އެކު ބިލުތައް ވެސް ހުށަހަޅަން ޖެހޭނެ އެވެ.

ގާނޫނުން މިގޮތަށް ލާޒިމު ކުރި ނަމަވެސް، ކެންޑިޑޭޓުން ހުރިހާ ލިޔެކިއުން ހަމަނުކުރާ މައްސަލަތައް އަބަދުވެސް ފެންމަތިވެ އެވެ. އެގޮތުން 2018 ގައި ވެސް ރައީސް އަބްދުﷲ ޔާމީނާއި، ރައީސް ސޯލިހުގެ މާލީ ބަޔާން އެއްކޮށް ފުރިހަމަ ނޫންކަމަށް މީޑިއާތަކުން ރިޕޯޓު ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: