ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނެޝަނަލް ޓެންޑާ ބޯޑު އަލުން އެކުލަވާލައިފި

މީރާ އާއި ފިނޭންސް މިނިސްޓްރީ ހިންގާ އޮފީސް؛-ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ހުރިހާ ޕްރޮކިޔުމެންޓްގެ ކަންކަން ބަލަހައްޓާ ނެޝަނަލް ޓެންޑާ ބޯޑް އަލުން އެކުލަވައިލައިފިއެވެ.

ންޑާ ބޯޑަކީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަން ހިންގާ ބަލަހައްޓާ މައި އިދާރާއެވެ. އެބޯޑަށް މެންބަރުން އައްޔަން ކުރައްވަނީ ފިނޭންސް މިނިސްޓަރެވެ.

ޓެންޑާ ބޯޑަށް އަލުން އައްޔަން ކުރި މެންބަރުންގެ ތެރެއިން ޗެއާމަންކަމަށް ފިނޭންސުގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސައީދު ވަނީ އައްޔަނުކޮށްފައެވެ. އަދި ވައިސް ޗެއާމަންކަމަށް އައްޔަނު ކުރައްވާފައިވަނީ އަބްދުﷲ އިމްރާން އެވެ.

ޓެންޑާ ބޯޑުގެ އިތުތު މެންބަރުންގެ ތެރޭގައި މުންތާޒު އަބްދުއް ރަހީމް އާއި ފާތުމަތު މުހައްމަދު ދީދީ އާއި އަލްއުސްތާޒު އައިމިނަތު ޒީނިޔާ އާއި އާދަމް ބަދުރުﷲ އަދި މުހައްމަދު ޝަނޫން ފުއާދު ހިމެނިވަޑައިގަންނަވައެވެ.

ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަމާ ގުޅޭ ގޮތުން ހަދަން ޖެހޭ އެންމެހާ އުސޫލުތައް އެކުލަވާލުމާއި ފަސް މިލިއަން ރުފިޔާއަށް ވުރެ މަތީގެ ސަރުކާރުގެ ހުރިހާ ބިޑްތަކެއް އިވެލުއޭޓްކޮށް މަސައްކަތްތައް ހަވާލު ކުރާނީ ޓެންޑާ ބޯޑުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: