ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ރައްޔިތުންނާއި މުހާތަބުކުރުމުގެ ހައްގުވަނީ ނިގުޅައިގެންފައި: މަލީހު

ރައީސް ޔާމީން ޕީއެންއެފްއާއި ގުޅިވަޑައިގެންނެވި ޖަލްސާގެ ތެރެއިން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރައްޔިތުންނާއި މުހާތަބުކުރުމުގެ ހައްގު ނިގުޅައިގެންފައިވާކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ޕީއެންއެފްއިން ބޭއްވި ބައްދަލުވުމެއްގައި ރައީސް ޔާމީންވަނީ އެ ޕާޓީއަށް ސޮއިކުރައްވާފައެވެ. ރައީސް ޔާމީން ޕީއެންއެފްއަށް ސޮއިކުރެއްވީ އެ ޕާޓީގެ ލީޑަރޝިޕުގެ ގޮތުގައި ތިއްބެވި މެމްބަރުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ހާޒިރުގައެވެ. ރައީސް ޔާމީންގެ ފޯރމާއި ހަވާލުވެވަޑައިގެންނެވީ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްއެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނު ޕީއެންއެފްއާއި ގުޅިވަޑައިގަތުމަކީ ކުރައްވަމުންދިޔަ ސިޔާސީ މަސައްކަތްތަކުގެ މުޅިން އައު ފެށުމެއްކަމަށެވެ.

މަލީހު ވިދާޅުވީ، އެމަނިކުފާނު އަދިވެސް ހުންނެވީ ޖަލު ބަންދެއްގައިކަަމަށެވެ. އަދި އެމަނިކުފާނު ލޯބިވާ ދިވެހި ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަދެއްކުމުގެ ހައްގު ނިގުޅައިގަނެފައިވާކަމަށާއި އެހެންނަމަވެސް އެމަނިކުފާނު ހުންނެވީ އެއްގޮތަކަށްވެސް ދޫދެއްވާ ގޮތަކަށް ނޫންކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީން ހުންނެވީ ދިވެހިންނާއި ގައުމު އަދި ދީނުގެ ހައްގުގައި ސާބިތުކަމާއިއެކު ކުރިއަށް ވަޑައިގަތުމުގެ ފުރިހަމަ އަޒުމާއި ހިތްވަރާއިއެކަމަށް ވިދާޅުވިއެވެ. މަލީހު ވިދާޅުވީ، ޕީއެންއެފްއަކީ ރައީސް ޔާމީންގެ ޕްރޮޑަކްޓެއްކަމަށާއި ރާއްޖެއަށް ގެނެސްދެއްވަން ބޭނުންވެވަޑައިގަންނަވާ އިސްލާހުތަކާއި ތަރައްގީތައް ރައްޔިތުންނާއި ހިސާބަށް އޭގެ އެންމެ ފުންމިނުގައި ހާސިލުކޮށްދެއްވުމަށް އުފައްދަވާފައިވާ ޕްލެޓުފޯމަކީ ޕީއެންއެފްކަމަށެވެ.

މަލީހު ވިދާޅުވީ، ޕީއެންއެފްއަކީ އައު ޕީޕީއެމް ޕީއެންސީކަމަށެވެ. އޭނާގެ އެ ވާހަކައާއިއެކު ގާތުގައި އިންނެވި ރައީސް ޔާމީންވަނީ އެއްބަސްވެވަޑައިގެންނެވިކަން ހާމަކުރެއްވުމުގެ ގޮތުން ބޯޖައްސަވާފައެވެ. މަލީހު ވިދާޅުވީ ޕީއެންއެފްގެ މަސައްކަތްތައް ކުރިއަށް ގެންދާނީ އެމަނިކުފާނުގެ ފުރިހަމަ ކޮންޓްރޯލާއިއެކު ދެއްވާ އިރުޝާދުތަކާއި އެއްގޮތަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: