ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރި ކޮންމެ އުޅަނދަކަށް “ރެސްކިއު ޑައިވަރެއް” ތަމްރީން ކޮށްދޭނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިތާމަވެރި ހާދިސާތައް މަދު ކުރުމަށް އުޅަނދުފަހަރުގައި ޑައިވް ކުރުމުގެ ފުރިހަމަ ތަމްރީން ލިބިފައިވާ “ރެސްކިއު ޑައިވަރެއް” މަސްވެރިކަން ކުރާ ކޮންމެ ދޯންޏެއްގައި ބެހެއްޓުމަށް ތަމްރީން ޕްރޮގްރާމެއް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ މަސްވެރިންގެ ދުވަހާއި ގުޅިގެން ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެންދެމުމަށާއި އެނޫން ވެސް ކަންކަމަށް މަސްވެރިން ވަރަށް ގިނައިން ފީނަން މޫދަށް ފައިބާ ކަމަށެވެ. މިގޮތަށް ފައިބާއިރު އަޑިއަށް ފީނުމުގެ ތެރެއިން، ހާއްސަކޮށް އެންވެރިކަމަށް ޑައިވް ކުރާއިރު، ހިތާމަވެރި ހާދިސާތައް ހިނގާ، ފުރާނައަށް ނުރައްކާވާ ހާލަތްތައް ދިމާވެފަ އެބަހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

އެހެން ކަމުން އެފަދަ ހިތާމަވެރި ހާދިސާތައް މަދު ކުރުމަށް އުޅަނދުފަހަރުގައި ޑައިވް ކުރުމުގެ ފުރިހަމަ ތަމްރީން ލިބިފައިވާ ޑައިވަރުން ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަން މަގުފަހިކޮށްދިނުގެ ގޮތުން ހާއްސަ ތަމްރީނު ޕްރޮގްރާމްތަކުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“އެހެން ކަމުން މަސްވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވާރ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި ހާއްސަ ތަމްރީނު ޕްރޮގްރާމްގެ ފުރުސަތު ފަހިކޮށްދޭނަން. ރާއްޖޭގެ އެންމެ އަގުހުރި އެއް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ދިމާވާ މިފަދަ ހިތާމަވެރި ހާދިސާތަކަށް ފަރުވާއެއް ނުހޯދާ ތިބުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދަ ހާދިސާތައް ހިނގާއިރު، އެކަމުގެ ސަބަބުން ނިކަމެތިވަނީ ހަމައެކަނި ހާދިސާއާއި ކުރިމަތިލާ މީހާ ނޫން ކަމަށާއި އެމީހާގެ އާއިލާ އުމުރު ދުވަހަށް ފަޅުކަމާއި ހުސްކަން އިހުސާސް ކުރަން ޖެހޭ ކަމަށެވެ. އެހެން ކަމުން މި ސާރުކާރުން އެފަދަ ހިތާމަވެރި ހާލަތުން މަސްވެރިންނަށް އަރައިގަތުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: