ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގު ވަޒަންކޮށް އިނާމާއި ހަނދާނީ ފިލާ ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގު ވަޒަންކޮށް އިނާމާއި ހަނދާނީ ފިލާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހަވާލު ކުރައްވައިފިއެވެ.

އެ ފަރާތްތަކަށް އިނާމު ހަވާލުކުރައްވާފައިވަނީ މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ދަރުބާރު ގޭގައި ރޭ ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިންނެވެ.

ރޭގެ ހަފްލާގައި ޒުވާން ކެޔޮޅަކަށް ހޮވިފައިވަނީ ގއ. ގެމަނަފުށީ، ބީޗް ވިލާ އިސްލާއިލް ޔާމީނެވެ. އޭނާ އަކީ ބާރު-1 ދޯނީގެ ކެޔޮޅެވެ. މީގެ އިތުރުން ތަޖުރިބާގެ ގޮތުން ފާހަގަކޮށްލެވޭ ދެ ކެޔޮޅުންނަށް ހޮވިފައިވަނީ ކ. ގާފަރު ނޯމާ، ޔައުގޫބް ކަރީމް އާއި ގދ. ފަރެސްމާތޮޑާ، ސެއްލަ ހުސެއިން މަނިކްއެވެ.

ފާހަގަކޮށްލެވޭ ނަތީޖާތައް ހޯދަފައިވާ ދޯނިތައް:

  • 2022 ވަނަ އަހަރު ދޮށީގެ މަސްވެރިކަމުގައި އެންމެ ގިނަ މަސްކިރުވި އުޅަނދު – ގދ، މަޑަވެލި ކަމަނަ ދޯނި (1490 ޓަނު މަސް)
  • 2022 ވަނަ ދޮށީގެ މަސްވެރިކަމުގައި ދެވަނައަށް އެންމެ ގިނަ މަސްކިރުވި އުޅަނދު – ގދ މަޑަވެލި ޓީ އެސް ލައިން (1470 ޓަނު މަސް)
  • 2022 ވަނަ ދޮށީގެ މަސްވެރިކަމުގައި ތިންވަނައަށް އެންމެ ގިނަ މަސްކިރުވި އުޅަނދު – ގދ ތިނަދޫ އަސްލާން ދޯނި (1200 ޓަނު މަސް)
  • 2022 ވަނަ އަހަރު ބޮޑު ކަންނެލީގެ މަސްވެރިކަމުގައި އެންމެ ގިނައިން މަސްކިރުވި އުޅަނދު – އދ. މަހިބަދޫ އަސުރުމާ-3
  • 2022 ވަނަ އަހަރު ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ދެވަނައަށް އެންމެ ގިނައިން މަސްކިރުވި އުޅަނދު – އއ. ރަސްދޫ ޒޫމް ފިޝާ ދޯނި
  • 2022 ވަނަ އަހަރު ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ތިންވަނައަށް އެންމެ ގިނައިން މަސްކިރުވި އުޅަނދު – ބ ތުޅަދޫ ހައިސަމް ދޯނި

މަސްގަނެ އެކްސްޕޯޓް ކުރުމުގައި ފާހަގަކޮށްލެވޭ ކަމިޔާބީތައް ހާސިލް ކޮށްފައިވާ ތިން ކުންފުންޏަކަށާއި އަދި މަސްވެރިކަމުގެ ސިނާއަތަށް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްފައިވާ ހަ ފަރާތްތަކަށް ވެސް މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވަނީ ހަނދާނީ ފިލާ ހަވާލްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: