ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިޙްގެ ސަރުކާރަށް ކުރި ތުހުމަތުތަކުގެ ޕަބްލިކް އިންކުއެރީއެއް އެކުލަވާލުމަށް މަޖިލީހުން ފާސްކޮށްފި

ރައީސް ސާލިހު އަދި މޭޔަރު މުއިއްޒު: ފޮޓޯ/ ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރަށް ކުރި ތުހުމަތުތަކުގެ ހަގީގަތް ބެލުމަށް ޕަބްލިކް އިންކުއެރީއެއް އެކުލަވާލުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެމަނިކުފާނުގެ މައްޗަށް ކުރި އެންމެ ބޮޑު ތުހުމަތަކީ، އަވައްޓެރި އިންޑިއާ ދެމެދު ގޮތް ނޭނގޭ އެއްބަސްވުންތަކެއް އެކުލަވާލުމެވެ. އަދި ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތުގެ ދަށުން ސަރުކާރު ހިންގަވާނެކަމަށް ވައުދުވި ނަމަވެސް އެމްއެމްޕީއާރުސީގެ މައްސަލަ ބެލިފައި ނުވުމާއި، ތަފާތު އެކި މައްސަލަތައް ބެލުމަށް އުފެއްދި ކޮމިޝަންތަކަށް އެދެވޭ ނަތީޖާއެއް ނެރެދެވިފައި ނެތުން ހިމެނެއެވެ.

ރާއްޖޭގެ އިގްތިސާދާއި ގުޅުވައި ތަފާތު އެކި ގޮތްގޮތުން ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި، 2020 ގައި މުޅި ދުނިޔެ ކުރިމަތިލާން ޖެހުނު ކޮވިޑު-19 ގެ ވަބާގެ އަސަރު ރާއްޖެއަށް ވެސް ކުރުމުން ބަލިމަޑުކަމެއްގެ ތެރެއިން ވައްކަން ކުރިކަމުގެ ތުހުމަތު ކުރިއެވެ. އަދި ރާއްޖޭގެ އިގްތިސާދަށް ގެއްލުންވާ ގޮތަށް، ބައެއް ނިންމުންތައް ނިންމުމާއި ބޮޑެތި އަދަދުތަކުން ބަދަލު ނަގައިދިނުންގެ އިތުރަށް ގާތް މީހުންގެ ކުންފުނިތަކަށް މަޝްރޫއުތައް ނުއަގުގައި ހަވާލު ކުރުން ހިމެނެއެވެ.

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ރައީސް ސާލިހު ވެސް ވިދާޅުވީ، އެކަންކަމަށް ރައްދު ނުދެވުމާއި އަދި ރަނގަޅު ގޮތުގައި ރައްޔިތުންނަށް މައުލޫމާތު ނުދެވި ހުރުމަކީ ލިބުނު ގެއްލުމެއްކަން ގަބޫލު ކުރައްވާކަމަށެވެ. ޕާޓީގެ ކުރުމަގާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އއ. އުކުޅަސްގައި ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމުގައި ސަރުކާރާއި ދެކޮޅަށް ފެތުރުނު ވާހަކަތަކުގެ އިންކުއަރީއެއް ހެދުމަށް ވަނީ ފާސްކޮށްފައެވެ. އެގޮތުން ޕާޓީން ފާސް ކުރި ގަރާރުގައި ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ތަފާތު އެކި ތުހުމަތުތަކުގެ އިންކުއަރީއެއް ރައްޔިތުންގެ މެދުގައި އެކުލަވާލުމަށެވެ.

މިކަމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށައެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީއެވެ. ގަރާރުގައި ގޮވާލާފައިވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރު ކޮށްފައިވާކަމަށް ބުނެ ކުރި ތުހުމަތުތަކުގެ ހަގީގަތް ދެނެގަނެ، ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށެވެ.

މި ގަރާރު ބަލާއިގަތުމާއި އެއްކޮޅަށް ވޯޓުދެއްވީ 53 މެންބަރުންނެވެ. ނުފެންނަކަމަށް ވޯޓުދިން އެއްވެސް މެންބަރަކު ނެތެވެ.

އެހެންކަމުން މި ގަރާރު ދިރާސާކުރުމަށް ސަލާމަތާއި ބެހޭ ކޮމިޓީއިން ފޮނުވާފައިވާކަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އިއުލާން ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: