ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުއްރަހީމް މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި

އަބްދުއްރަހީމް އަބްދުالله-- ފޮޓޯ/ވޮއިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

މަޖިލީހަށް ވާދަކުރައްވާކަން އަބްދުއްރަހީމް އިއުލާނުކުރައްވާފައިވަނީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އަބްދުއްރަހީމް ވިދާޅުވީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާއަށް ވާދަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އެ ދާއިރާގެ ރައްޔިތުންގެ ތައީދު އަބްދުއްރަހީމްއަށް ދެއްވުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

އަބްދުއްރަހީމަކީ ރަައީސްގެ މުޝީރެއްގެ ގޮތުގައި އައްޔަން ކުރެއްވުމުގެ ކުރިން ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ޑިރެކްޓަރ ޖެނެރަލް އޮފް ޓަރާންސިޝަންގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އިސްކޮށް އުޅުއްވީވެސް އަބްދުއްރަހީމްއެވެ.

މީގެއުތުރުން އަބްދުއްރަހީމް އަކީ ޕީއެންސީގެ ޗެއާރޕާސަންކަމުގެ މަގާމުވެސް ފުރުއްވަމުން އަންނަ ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: