ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުގެ ސަރުކާރުގެ ދެވަނަ ހަފްތާގެ ދަތުރު ހަރަދަކީ 5.7 މިލިއަން: ފިނޭންސް

ފިނޭންސް މިނިސްޓަރު ޝަފީގް މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދައުރުގެ ދެވަނަ ހަފްތާގެ ދަތުރު ހަރަދަކީ 5.7 މިލިއަންކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސްއިން ވަނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުންކޮށްފައިވާ ބޭނުންތަކުގެ ތަފްސީލުތައް ހިއްސާކޮށްފައެވެ. އެގޮތުން ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ނެރިފައިވާ ވީކްލީ ފިސްކަލް ސްޓެޓިސްޓިކްސް ރިޕޯޓުގައި އެ ދުވަހުގެ ނިޔަލަށް ކޮށްފައިވާ ދަތުރު ހަރަދުގެ ގޮތުގައި 219.5 މިލިއަން ހިމަނާފައިވާއިރު 30 ވަނަ ދުވަހުގެ ނިޔަލަށް ނެރިފައިވާ ރިޕޯޓުގައި މި އަދަދުތައްވަނީ 225.2 މިލިއަނަށް އަރާފައެވެ.

އައު ސަރުކާރުން ވެރިކަމާއި ހަވާލުވި ފުރަތަމަ ހަފްތާގައި ދަތުރުފަތުރު ކުރުމުގެ ގޮތުން 4.7 މިލިއަންގެ ހަރަދެއްކޮށްފައިވާއިރު، ދެވަނަ ހަފްތާގައި އިތުރު 5.7 މިލިއަން ހަރަދުވެފައިކާމަށްވެސް ތާފާސް ހިސާބުތަކުން ދައްކައެވެ.

ނޮވެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް ފައިސާގެ ގޮތުގައާއި އެހެނިހެން ގޮތްގޮތުން ޖުމްލަކޮށް ދައުލަތަށް ލިބިފައިވަނީ 30.53 ބިލިއަން ކަމަށްވާއިރު، ހަމަ އެކަނި ޓެކްސް ފައިސާގެ ގޮތުގައި ލިބިފައިވަނީ 22.19 ބިލިއަން ރުފިޔާކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެންމެ ފަހުން ޝާއިއުކޮށްފައިވާ ރިޕޯޓުގައިވާގޮތުން އެ ދުވަހުގެ ނިޔަލަށް ޖުމުލަ އެކްސްޕެންޑިޗާއަކީ 41.84 ބިލިއަންއެވެ. މި އަދަދަގެ ތެރެއިން ރިކަރެންޓު ހަރަދުގެ ގޮތުގައި 28.61 ބިލިއަން ހިމެނޭއިރު، ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި 13.23 ބިލިއަން ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.

ފިނޭންސްއިން ހިއްސާކޮށްފައިވާގޮތުން މި އަހަރުގެ ނޮވެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް އިދާރީ މަސައްކަތްތައް ކުރުމުގެ ގޮތުން ބޭނުންވާ ސަޕްލައިސް ހޯދުމަށްޓަކައި 701.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި އެ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް 10.6 ބިލިއަން ހަރަދުކޮށްފައިވާކަމަށްވެސް މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.

ޕީއެސްއައިޕީއަށް ކޮށްފައިވާ ޖުމުލަ ހަރަދުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރެވިފައިވަނީ ތިމާވެއްށި ރައްކައުތެރިކުރުމަށާއި ފެނާ ނަރުދާމާ ގާއިމުކުރުމުގެ އިތުރުން ޓްރާންސްޕޯޓު ދާއިރާ އިތުރަށް ހަރުދަނާކުރުމުގެ ގޮތުންނެވެ. އެގޮތުން ތިމާވެށި ރައްކައުތެރިކުރުމުގެ ގޮތުން 836.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މަގު ހެދުމާއި ބުރިޖު އެޅުން އަދި އެއަރޕޯޓު ބިނާކުރުން ފަދަ މަސައްކަތްތައް ކުރެވެމުންދާ ޓްރާންސްޕޯޓު ދާއިރާއަށް 3.10 ބިލިއަނާއި ގާތްކުރާ އަދަދެއް ހަރަދުކޮށްފައިވެއެވެ. އަދި ރަށްތަކުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ ގޮތުން 1.28 ބިލިއަން ހަރަދުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: