ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިލޭ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދޭނެ ގޮތް ހަމަޖައްސައިފި

ރައީސް އޮފީހުގެ އަންޑަސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު.
ޝެއާރކޮށްލާ ކަހަލަދޯ؟

ތެލަސީމިއާ ޕޭޝަންޓުންނަށް މިހާރު ދެމުން އަންނަ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމާއި ހިލޭ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދޭނެ ގޮތް ހަމަޖައްސައިފިއެވެ.

މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ހަފްތާ 14 ގެ ތެރޭގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން މިހާ ހިސާބަށް އައިރު ހާސިލްކުރެވިފައިވާ ކަންކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރެއްވިއެވެ.

އެގޮތުން ރައީސް އޮފީހުގެ އަންޑަސެކެޓްރީ ފޮ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ ސަރުކާރުގެ އެހީގައި ހިލޭ ބޯން މެރޯ ހަދާ ފުރަތަމަ ޕޭޝަންޓް މިއަދު ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް، ފުރާފައިވާކަމަށެވެ.

އާސަންދަ ގަވާއިދަށް މި ގެނައި ބަދަލާއިއެކު، ދަރިމައިވުމުގެ ފަރުވާ އާއި މެޑިކަލް ޗެކަޕްވެސް އާސަންދަ ސްކީމުގެ ތެރެއިން ދެން ހެދޭނެއެވެ. ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާއާއި، ގުޅޭ ހިދުމަތްތައް އާންމުކޮށް ޝާއިއުކުރާ އުސޫލެއްގެ ދަށުން ފޯރުކޮށްދެވޭނެކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި އެކަން ގެޒެޓު ކުރައްވާނެކަމާއި، އައިވީއެފް, އައިޔޫއައި ދެވޭގޮތުގެ އުސޫލެއް އެކުލަވާ އިއުލާނު ކުރާނެކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: