ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއިން ރާއްޖޭގެ ކަނޑުއަޑީގެ ދިރާސާތަކެއް ހެދުމަށް އެދިފައިވޭ: އިންޑިއާގެ މީޑިއާތައް

ޗައިނާއިން ޖާސޫސްކުރުމުގެ މަސައްކަތްތަކަށް ބޭނުންކުރާކަމަށް އިންޑިއާއިން ތުހުމަތުކުރާ އުޅަނދެއް: ފޮޓޯ/ ހިންދުސްތާންޓައިމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން ރާއްޖޭގައި ކަނޑުއަޑީގެ ދިރާސާތަކެއް ކުރުމުގެ ހުއްދައަށް އެދިއްޖެއެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ “ހިންދުސްތާން ޓައިމްސް” އިން ރިޕޯޓުކުރާގޮތުން ޗައިނާއިން ދިރާސާތައް ކުރުމަށް ބޭނުންކުރާ ކަނޑުމަތީގެ އުޅަނދެއްކަމަށްވާ “ޝީ ޔަން 6” ވަނީ ސްރީލަންކާގެ ސަރަހައްދީ އިމުގައި ދާދި ފަހުން ދިރާސާތަކެއް ކޮށްފައެވެ. އަދި އެ މަސައްކަތްތައް ނިންމާލުމަށްފަހު އެ އުޅަނދު ސިންގަޕޫރަށް ދަތުރުކޮށްފައިވާކަަމަށްވެސް ބުނެފައިވެއެވެ.

ރިޕޯޓުގައިވާގޮތުން، މިހާރު ޗައިނާއިން ވަނީ އަލުން ރާއްޖެ އަދި ލަންކާގައި ކަނޑު އަޑީގެ ދިރާސާތަކެއް ކުރުމަށްޓަކައި ބަނދަރުކުރުމުގެ ހުއްދައަށް އެދިފައެވެ. އަދި މި މަސައްކަތްތައް ކުރަން ފަށާ ތާރީހެއްގެ ގޮތުގައި 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަސް ފާހަގަކޮށްފައިވާއިރު، މޭ މަހުގެ ފަހުކޮޅާއި ޖެހެންދެން ކުރިއަށް ގެންދިއުމަށް ހުއްދަ ދިނުމަށް އެދިފައިވާކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާއިންވަނީ ރާއްޖެ އަދި ލަންކާގެ ސަރަހައްދީ އިމުގެ ތެރޭގައި ޗައިނާއަށް ދިރާސާތައް ކުރުމަށް ފުރުސަތު ދިނުމާއި ދެކޮޅުކަން ހާމަކޮށްފައެވެ. އަދި މިހާރު ކޮށްފައިވާ ވަރަށްވުރެ އިތުރަށް އިންޑިއާ ކަނޑުގެ ސަރަހައްދުގެ މައުލޫމާތުތައް ދެނެގަތުމުގެ މަސައްކަތްތައް ކުރުމަށް ޗައިނާއަށް ފުރުސަތު ނުދިނުމަށްވެސް އެދިފައިވެއެވެ.

އެހެންނަމަވެސް ޗައިނާގެ ދެކުނު ސަރަަހައްދެއް އޮތް އެ ގައުމުން ދިރާސާތައް ކުރުމަށް ބޭނުންކުރާ އުޅަނދެއް، ބަނދަރު ކުރުމުގެ ހުއްދަ ލިބުމާއިއެކު ރާއްޖެއާއި ލަންކާއަށް ދަތުރުކުރުމަށް ތައްޔާރުވެފައިވާކަމަށް ބުނެފައިވެއެވެ، 2012 ވަނަ އަހަރުގެ ތެރޭގައި އުފައްދާފައިވާ “ޒިއޭންގް ޔޭންގް ހޮންގް” ނަމަށް ކިޔާ 4813 ތަނުގެ މި އުޅަނދަކީ ދިރާސާތައް ކުރުމުގައި ބޭނުންކުރާ އެންމެ ފަހުގެ ވަސީލަތްތައް އެކުލެވޭގޮތަށް ފަރުމާކޮށްފައިވާ ބޯޓެއްކަމަށެވެ.

ބެލިސްޓިކް މިސައިލު ޓްރެކު ކުރުމުގެ ގާބިލުކަން ހުރި އުޅަނދުތަކާއި ޗައިނާގެ ދިރާސާ ކުރާ އުޅަނދުތަކަށް ލަންކާއަށް އެތެރެވުމަށް ހުއްދަ ދިނުމުންނާއި ރާއްޖޭގައި ޗައިނާ އަށް އިސްކަންދޭނެކަމަށް ބެލެވޭ ސަރުކާރެއް ގާއިމުވެގެންދިއުމުގެ ސަބަބުން އިންޑިއާގެ ކަންބޮޑުވުންތައް އިތުރުވެގެންދަނީ އެ ޗައިނާއިން އިންޑިއާއަށް ޖާސޫސުކޮށްފާނެކަމުގެ ބިރު އޮތުމުންކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީވަނީ ލަންކާއަށް ވަޑައިގެން އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަ ސިންހައާއި ބައްދަލުކުރައްވައި މި ކަންބޮޑުވުންތައް ހިއްސާކުރައްވާފައިކަމަށްވެސް ބުނެފައިވެއެވެ.

ޗައިނާގެ ކަނޑުގެ އަސްކަރިއްޔާއަށް ތިން އެއަކްރާފްޓު ކެރިއަރާއި ނިއުކްލިއާރ ސަބްމެރީން އަދި ގައިޑެޑް މިސައިލް ޑިސްޓްރޯޔާރ ފަދަ ޒަމާނީ ވަސީލަތްތައް އިތުރުވެފައިވާއިރު، އެ ގައުމުންދަނީ އިންޑިއާ ކަނޑުގެ އެކި ސަރައްދުތަކުގައި އަސްކަރީ މަރުކަޒުތައް ގާއިމުކޮށް އަތްގަދަކުރަމުންކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

އެގޮތުން އެ ގައުމުންވަނީ ކެމްބޯޑިއާ މިޔަންމާރ ލަންކާ ޕާކިސްތާނު އީރާނުގައި މަރުކަޒުތައް ގާއިމުކޮށް ނިންމާފައި ނުވަތަ ކުރިމަގުގައި ގާއިމުކުރުމަށް އިންވެސްޓުކޮށްފައިކަމަށް ބުނެފައިވެއެވެ. އަދި ދިރާސާތަކެއް ކުރުމުގެ ނަމުގައި ޗައިނާއިން ކުރަމުންދާ މަސައްކަތްތަކަކީ އިންޑިއާ ކަނޑުގެ އަޑީގެ މެޕެއް ބިނާކުރުންކަމަށާއި އެއީ ކުރިއަށް އޮތްތާނގައި ސަބްމެރީން ބޭނުންކޮށްގެން ހިންގާނެ އޮޕަރޭޝަންތަކަށް ތައްޔާރުވުމުގެ ގޮތުން ކުރާ މަސައްކަތެއްކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: