ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިއެއްގެ މަސްއޫލިއްޔަތަކީ ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީ ކުރުން: ރައީސް މުއިއްޒު

ހުރަވީ ދުވަހުގެ ހާއްސަ ޖަލްސާ-- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމިއްޔަތުގެ ނާރެސްކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ މަފުހޫމަކުން ބަލާ ނަމަ ވެރިކަމެއްގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ވެރިޔާގެ ޒިންމާއަކީ ރައްޔިތުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި އެމަނިކުފާނުގެ ސަރުކާރުން ތަންޑު އަޅުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު އެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައިކަމަށާއި ކުރިޔަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބު ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ހަފުތާ 14 ގައި ވާކަންކަމުގެ ތެރެއިން ކާމިޔާބުކަމާއެކީ ނިންމާފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ އިންޑިޔާ ސިފައިން ރާއްޖޭން އަނބުރާ ގެންދިޔުމާ ބެހޭ އިންތިޒާމުތަކާ ބެހޭ ގޮތުން މަތީފެންވަރުގައި ދެ ދައުލަތުގެ ދެމެދުގައި މަޝްވަރާތައް ކުރިޔަށްދާކަމަށެވެ. އަދި ހަފުތާ 14 ގެ ތެރޭގައި ހިމެނިގެން މަސްވެރީންނަށް ޓަކައި ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި މި ސަރުކާރު ހިންގަން ފެށުމާއެކު ދައުލަތުން ފައިސާ ޗާޕުކުރުން ހުއްޓައިލައިފައިވާކަންވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށާއި މިފްކޯއަކީ މަސްވެރިންގެ ބަސްހިމެނޭ ސަތޭކަ އިންސައްތަ ދައުލަތުގެ ކުންފުންޏަކަށް ހަދަން ކެބިނެޓުން ދާދި ފަހުން ފާސްކުރެއްވުމަކީ ވެސް މިފަދައިން ނިމިގެން ދިޔަ ކަމެއް ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

1000 ފަގީރުން ހައްޖަށް ފޮނުވުމުގެ ވައުދުގެ ތެރެއިން ފުރަތަމަ ހައްޖަށް ފޮނުވަން ކަނޑައަޅާ 50 މީހުން ފޮނުވުމުގެ އިންތިޒާމީ މަސައްކަތްތައް މިހާރު މުރައްވަމުން ދާކަމަށާއި ޒަކާތު ހައުސް އުފައްދަން ކެބިނެޓުން ފާސްކުރައްވައި، އެ މަސައްކަތް ވެސް ހިނގަމުންދާކަން އެމަނިކުފާނު ފާހަގަކުރައްވާފައެވެ. ހަމަ މިއާއެކު ތެލަސީމިޔާ ބަލިހުންނަ ކުދީންނަށް މަތީފެންވަރުގެ ހޮސްޕިޓަލެއް ބިނާކުރުމާއި ވަކިން ހާއްސަކޮށް ސަރުކާރުގެ ހަރަދުގައި އެ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ އިންތިޒާމު ހިނގަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ދަރީން ނުލިބުމުގެ ހިތާމަ ތަހަންމަލްކުރަމުންދާ ދިވެހިރައްޔިތުންނަށް އެކަމުގެ ފަރުވާ ރާއްޖެއާއި ރާއްޖެއިން ބޭރުން ހަމަޖެއްސުމުގެ ކަންކަން ކުރިޔަށްދާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވިއެވެ. އަދި ކޮންމެ ދިވެހި ރައްޔިތަކަށް އާސަންދަ މެދުވެރިކޮށް ހިލޭ މެޑިކަލްޗެކަޕް ކޮންމެ އަހަރަކު ދެ ފަހަރު ހެދޭ ގޮތް ހަމަ ޖެހިގެން ގޮސްފައިވާކަން ވެސް އެމަނިކުފާނު ވަނީ ހުރަވީ ދުވަހުގެ ޖަލްސާގައި ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: