ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު ވަކިކުރަން ޕީޖީ އަށް ހުށަހަޅާނަން: ޝިފާއު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅުއްވާނެ ކަމަށް މަޖިލިހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު މިއަދު ވިދާޅުވެއްޖެއެވެ.

ޝިފާއު އެގޮތަށް އިއުލާން ކުރެއްވީ އާންމު ކޮމިޓީގެ ރިޕޯޓަށް މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

“މި އިސްލާހާ ގުޅިގެން ވެސް އަދި ރައްޔިތުން މިއަދު އެ ފާޅު ކުރަމުންދާ ހިޔާލުތަކާ އެކު އަޅުގަނޑަށް ޔަގީންވެ ކަށަވަރުވާ ކަމަކީ މިއަދު މި ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ އެންމެ މުހިންމު، އެންމެ އިސްކަމެއް ދޭންވީ މަސައްކަތަކީ މިއަދުގެ ރައީސުލްޖުުމްހޫރިއްޔާ އަޒުލުކުރުމުގެ މަސައްކަތްކަން ކަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޕާލިމަންޓްރީ ގްރޫޕަށް އެ މައްސަލަ ހުށަހަޅާނަން.” ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ މި ސަރުކާރުން ކަންތައް ކުރަނީ ގާނޫނުއަސާސީ އާ ހިލާފަށް ކަމަށާއި އެ މައްސަލަތަކުގައި ރައީސް އަޒުލުކުރަން ޖެހޭ ކަމަށެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ބިދޭސީންގެ ރެކޯޑްތައް ހިމެނޭ މައުލޫމާތު ނައްތާލާފައިވާކަން ޝިފާއު ވަނީ ފާހަގަކުރައްވާފައެވެ.

ޝިފާއު ތުހުމަތުކުރައްވާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރެއްވުމުގެ މަސައްކަތެއް ރައީސް މުއިއްޒު ނުކުރައްވައެވެ.

ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދުގެ ބައެއް މާއްދާތައް އިސްލާހުކުރުމަށް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. އާންމު ކޮމެޓީން ނިންމާފައި ވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ވަގުތަކު މެންބަރުންގެ ގޮތުގައި ދެމި ތިބި މެންބަރުންގެ އަދަދު އެއީ ޖުމްލަ އަދަދު ކަމަށް ބެލުމަށެވެ.

މި އިސްލާހު ފާސްވެއްޖެ ނަމަ، އެމްޑީޕީގައި މިހާރު އޮތް މެޖޯރިޓީން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވިދާނެ ކަމަށް ބައެއް ބޭފުޅުން ގަބޫލު ކުރައްވައެވެ. އެމްޑީޕީ މަޖިލިސް މެންބަރުންގެ އަދަދަކީ 56 އެވެ. އެކަމަކު، އެކަމާ ހިޔާލު ތަފާތުވާ ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ، ގާނޫނުއަސާސީ އިސްލާހު ނުކޮށް، ރައީސް އާއި ނައިބު ރައީސް މަގާމުން ދުރު ކުރުމާ މެދުގައި ވޯޓަށް ނޭހޭނެއެވެ. އެފަދަ ކަމަކަށް ވޯޓަށް އަހާ ނަމަ، އެއީ ގާނޫނުއަސާސީއާ ހިލާފު ނިންމުމަކަށްވާނެ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: