ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ ކައިރީގައި އެއާސްޓްރިޕެއް ގާއިމް ކުރާނަން – ރައީސް

ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ވަގުތު ފޮޓޯ: އަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ފުށިދިއްގަރުފަޅު ފަޅު “ރަސްމާލެ” ހިއްކާ، އެތަނުގެ ކައިރީގައި އެއަރސްޓްރިޕެއް ގާއިމް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު އެ ސަރަހައްދު ހިއްކަން ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާއެވެ. މިއަދު އެ މަަސައްކަތް ވަނީ ފަށައިފިއެވެ.

އެ މަސައްކަތް ފެއްޓުމަށް މިއަދު އެ ފަޅުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިތަން ތަރައްގީ ވެގެން ދާއިރު، މާލެއާއި، ރަސްމާލެއާ ދޭތެރޭގައި މިހާރު ބޭނުންކުރާ ޒަމާނީ އެކްސްޕްރެސް ޓްރާންސްޕޯޓް ސިސްޓަމް ބޭނުން ކުރެވިދާނެ ކަމަށެވެ.

“ކަނޑުގެ ރޯޅި، ނޫނީވިއްޔާ އޮއިގައި، ނޫނީވިއްޔާ ރާޅުގައި އެހާބޮޑަށް އުނދަގޫނުވާ ކަހަލަ، ދުއްވޭކަހަލަ ލޯންޗްފަހަރު، ފެރީ ނިޒާމު އެބަހުރި ދުނިޔޭގައި. އެކަހަލަ ހައި ސްޕީޑް ނިޒާމު ގެނައުމަށް އަޅުގަނޑުމެން ނިންމާފައިވޭ.”. ރައީސް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިތާ ކައިރިން އެންމެ ކައިރީގައި އޮތް ފަޅުގައި، އެމަނިކުފާނު ގަސްތުކުރަނޫ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށްވެސް އުނދަގޫނުވާނެ ގޮތަކަށް، އިތުރު އެއަރ ސްޓްރިޕެއްވެސް ގާއިމު ކުރައްވަން ކަމަށެވެ.

“އެތަނުން ރަސްމާލެއަށް ވަރަށް ކައިރި ކަނޑުއޮޅިއެއް އޮންނަނީ. ކުޑަކުޑަ ކަނޑުއޮޅިއެއް. ގުޅުވާލާނަން. ގުޅުވާލީމާ އެގޮތުންވެސް އެ ގުޅިގެންދިޔައީ.،”.

އެހެންކަމުން މިތަން ތަރައްގީވެވެގެން ދާނީ، ގެދޮރުވެރި ވަޒީފާ ފުރުސަތުތަކާއި، އާމްދަނީގެ ފުރުސަތުތައް ލިބޭ އަދި އެކި ކަހަލަ ވިޔަފާރީގެ ފުރުސަތުތައް ލިބޭ ތަނެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިތަނަކީ އިންކްލޫސިވް ޑިވެލޮޕްމަންޓެއްގެ ގޮތުގައި، މުޖުތަމައުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަކަށް ފަސޭހައިން އުޅެވޭ ތަނެއްގެ ގޮތުގައި ޕްލޭން ކުރެވިގެން ދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅު ހިއްކައި އެތަނުގައި ރައްޔިތުން ގެދޮރުވެރި ކުރުމަކީ ހިންގުމަކީ ރައީސް ޑރ. މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދެކެވެ. އެމަނިކުފާނު ދެވަނަ އަށް އެންމެ އިސްކަމެއް ދެއްވާ ވައުދަކީ ވެސް ފުށިދިއްގަރުފަޅު ހިއްކުމެވެ.

ފުށިދިއްގަރުފަޅު ހިއްކައި ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ މާލެ ސިޓީ އަށް ހިދުމަތް ހޯދަން އަންނަން ނުޖެހޭ ފެންވަރަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: