ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުށިދިއްގަރު ފަޅު ހިއްކަން ވިސްނީ ކުއްލިޔަކަށް ނޫން: މޫސާ ފަތުހީ އާދަމް

ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީ އާދަމް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢުއަކީ ކުއްލިޔަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްތަކެއް ނޫންކަމަށް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމްގައި ފަތުހީވަނީ ރައީސް މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެގޮތުން ފުށިދިއްގަރު ފަޅު މަޝްރޫޢުއާއިމެދު ބައެއް ސުވާލުތައް އުފެދިފައިވާކަމަށް އޭނާވަނީ ރައްދު ދެއްވާފައެވެ.

ފަތުހީ ވިދާޅުވީ، ދިވެހި ރައްޔިތުންނަށް މިވަގުތު އިޖްތިމާއީ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަަމަށެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަކީ ހަމައެކަނި ފުށިދިއްގަރު ފަޅު ތަރައްގީކުރެއްވުން ނޫންކަމަށާއި އެމަނިކުފާނުވަނީ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނާއި އެކަމާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރައްވާފައިކަމަށް އިޝާރާތްކުރެއްވިއެވެ/.

އޭނާ ވިދާޅުވީ، ބޯހިޔާވަހިކަމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެވިގެންދާނެ މަސައްކަތްތަކާއިމެދު މައުލޫމާތު ދެއްވީވެސް އެމަނިކުފާނުކަމަށެވެ. އެގޮތުން މަޝްރޫޢުގެ ޓެކްނިކަލް މައުލޫމާތުތައް ތަސައްވަރުގެ މަންޒަރަކާއިއެކު ގެނެސްދެއްވީވެސް ރައީސްކަަމަށް ވިދާޅުވިއެވެ.

ފަތުހީ ވިދާޅުވީ، ރައީސް މުއިއްޒު މައުލޫމާތު ދެއްވިއިރު، އެކަމާއި ގުޅުން ހުރި ތަފްސީލީ މައުލޫމާތުތައް ދެއްވިކަމަށާއި ހާސިލުކުރެވިގެންދާނެ މިންވަރުވެސް ވިދާޅުވެދެއްވީ އިންތިހާބު ކާމިޔާބުކުރެވުމުގެ ކުރިއަށް ކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ބޯހިޔާވަހިކަމާއި ގުޅުން ހުރި މައުލޫމާތުތައް ދެއްވީ ވޯޓަށްވުރެ ކުރިން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންކަމަށްވުމުން ކުރެވެމުންދަނީ ކުއްލިޔަކަށް ރާވާފައިވާ މަސައްކަތްތަކެއްކަމަށް ނުބުނެވޭނެކަމަށެވެ.

އޭނާ ވިދާޅުވީ، ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތްތަކަކީ ޕްލޭންކުރެވިގެން ރޭވިގެން ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫޢޫއެއްކަމަށާއި ކުރިން ދެންނެވި ފަދައިން ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިމެނެނީ ހަމައެކަނި ފުށި ދިއްގަރު ފަޅު ނޫންކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގެ އިތުރުން މިހާރުވެސް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައްވެސް ހިމެނޭކަމަށޭވެ. އޭނާ ވިދާޅުވީ، ވަކި ވަކި ރަށްތަކުގައި ބިނާކުރާނެ ހައުސިން ޔުނިޓަކުގެ އަދަދުތައްވެސް ރިޔާސީ އިންތިހާބުގެ ކުރިން ރައީސް ވަނީ ހިއްސާކުރައްވާފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: