ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަން ހައްލުކުރުމަށްޓަކައި ހަމައެކަނި އެވާހަކަ އެކަނި ދައްކައިގެން ހައްލެއްނުވާނެ: މާތީން

ފޮޓޯ: ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯހިޔާވަހިކަން ހައްލުކުރުމަށްޓަކައި ހަމައެކަނި އެވާހަކަ އެކަނި ދެއްކުމުން ފެންނަން ޖެހޭ މަންޒަރު ނުފެންނާނެ ކަމަށާއި، އެހެންކަމުން އެކަމަށް ހައްލު ހޯދުމަށް އެކަމާއި ގުޅުން ހުރި އެހެން މައްސަލަތަކަށް ހައްލު ހޯދަން ޖެހޭކަމަށް އެމްޑަބްލިޔުއެސްސީ ގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ސަރުކާރު ޕްރޮގްރާމްގައި މަތީން ވިދާޅުވީ ރައްޔިތުން މާލެއަށް ދިރިއުޅުން ބަދަލު ކުރާ ހަމަހަމައެކަނި ސަބަބަކީ ބޯހިޔާވަހިކަން ރަށް ރަށުގައި ނެތުމުން ނޫން ކަމަށެވެ. އެކަމުގެ ސަބަބުތަކުގެ ތެރޭގައި އަސާސީ ހިދުމަތްތަށް ރަށް ރަށުގައި ނެތުމާއި، އާމްދަނީ ހޯދުމާއި އަދި ޒަމާނީ ހިދުމަތްތަކަށް ފަސޭހަ ކަމާއެކު ވާސިލު ނުވެވުން ކަމަށް މަތީން ވިދާޅުވިއެވެ. އެހެން ކަމުން ހަމަ އެކަނި ބޯހިޔާ ވަހިކަމުގެ ވާހަކަ ދެއްކުމުން އެކަމަށް ހައްލު ނުލިބޭނެ ކަމަށް މަތީން ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއުއަާއި ގުޅިގެން މަތީން ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއު ވާން ހިންގަން ޖެހޭނީ ހުރިހާ ހިދުމަތްތަށް ލިބޭ ގޮތަށް ކަމަށެވެ. އޭގެތެރޭގައި ވަޒީފާތަށް ތަނަވަސްވެ، އާންމުނަށް ބޭނުންވާ ޒަރޫރީ ކަންކަން ފުދިފައި އެ ސަރަހައްދެއްގައި ހުންނަން ޖެހޭ ކަމަށެވެ. އަދި މިހާރު އެވާހަކަތަށް ދެކެވޭ މިންވަރަށްވުރެ ފުޅާކޮށް އެ ވާހަކަ ދެކެވި އަމަލީ މަސައްކަތް ކުރަން ޖެހޭ ކަމަށް މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ މާލެއަށް ބާލާލިނަމަވެސް ފެންނަނީ ހަމައެކަނި ސަރުކާރުގެ ވަޒީފާ ތަކާއި އަދި އަމިއްލަ ކުންފުނިތަކުގެ ވަޒީފާތަށް ކަމަށެވެ. އެހެންކަމުން އުފެއްދުން ތެރިކަމަށް ބަލާލިނަމަވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އަދި ބޮޑު އެއް ހިސާބެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވި ޕްލޭން ކުރެވިއްޖެނަމަ އެފަދަ ކަންކަމާއެކު އެތަންތަން ތަރައްގީވުމުގެ ފުރުސަތު އޮންނާނެ ކަމަށް މަތީން ވިދާޅުވިއެވެ.

ހުރިހާ ކަމަކަށް އޮތް ހައްލަކީ މާލެ ނޫންކަމަށާއި، އަދި އެންމެން އައިސް ޖަމާވަން ޖެހޭނީ ވެސް މާލެއަށް ނޫންކަމަށް މާތީން ވިދާޅުވިއެވެ. މާލެ ތޮށް ޖެހިފައި އޮތްކަމަށް ވިދާޅުވެ އެހެންކަމުން މާލޭގައި އެތައް އިޖްތިމާއީ މައްސަލަތަކެއް ހުރިކަމަށާއި އަދި އޭގެއިތުރުންވެސް އިޖްތިމާއީ މައްސަލަތަކާއި، އިތުރު މައްސަލަތަށް އަންނަ ކަމަށް މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ އާ ބިމެއް ތަރައްގީކޮށް އާބާދުކުރުމުގައި ރައީސް ގެންގުޅުއްވާ ސިޔާސަތަކީ ކުރިން ދެންނެވި އެފަދަ ހައްލުތަކާއިއެކު އަދި ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތަކާއި އެކު އެ ބިން ތަރައްގީ ކުރެއްވުން ކަމަށެވެ. ރައީސް ވެސް ވަނީ މީގެ ކުރިން ތިމާވެއްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި އަދި މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ރަށްތަކަށް އަންނަން ޖެހޭ ބަދަލުތަކުގެ ވާހަކަ ދައްކަވާފަކަމަށް މަތީން ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތަކުގެ އުސްމިން ހުންނަނީ ގާތްގަނޑަކަށް 2 ނުވަތަ 3 ފޫޓު އުސްމިނުގައި ކަމަށް މަތީން ވިދާޅުވިއެވެ. އެހެންކަމުން ރަށް ރަަށަށް އަންނަން ޖެހޭ ރައްކާތެރިކަމަކީވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމެއް ކަމަށް މަތީން ވިދާޅުވިއެވެ. އެހެންކަމުން ބޯހިޔާވަހި ކަމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނުރައްކަތަކާއި ގުޅިފައިވާ ކަމެއް ކަމަށް މަތީން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: