ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާޗު މަހުގެ ނިޔަލަށް ގެދޮރުވެރިކަމުގެ ލޯނު ސްކީމެއް އެކުލަވާލާނެ!

ޜައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓު ބައްދަލުވުން--- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިކަމުގެ ލޯން ސްކީމެއް މި އަހަރުގެ މާޗުމަހުގެ ނިޔަލަށް އެކުލަވާލުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި ކުރިއަށް  ގެންދިޔަ ނުސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ބޯހިޔާވަހިކަމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ އަހައްމިއްޔަތުކަން ދޭ އެއް މަސައްކަތްކަމަށެވެ. ނާޒިމް ވިދާޅުވީ، ކެބިނެޓުންވަނީ އެ މައުޟޫއަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިކަަމަށާއި މަސައްކަތްކުރަމުންދަނީ އަލަށް އުފެއްދުމަށް ކަނޑައެޅިފައިވާ ޑިވެލޮޕްމެންޓު ބެންކާއި އެހެނިހެން ބެންކުތައް މެދުވެރިކޮށް ސޯޝަލް ހައުސިން ލޯނުތަކެއް ދޫކުރެވޭނެ މަގު ހޯދުމަށްކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ލޯނުތައް ތައާރަފްކުރުމަށް ނިންމާފައިވަނީ އިންޓްރެސްޓު ރޭޓުތައް ފަސް އިންސައްތައްއަށްވުރެ މަތި ނުވާނެ ގޮތެއްގެ މަތިންކަމަށާއި އިކޮނޮމިކް ކައުންސިލުން މި މަސައްކަތްތައް ކުރިއަށް ގެންގޮސް ހަފްތާ 14 ގެ މަސައްކަތްތައް ނިންމުމަށް ކަނޑައެޅިފައިވާ 10 ދުވަސް ހަމަވުމުގެ ކުރިން ވަޒީރުންގެ މަޖިލީހަށް އަލުން ގެނައުމަށްވެސް ކަނޑައެޅިފައިވާކަމަށެވެ.

ފަސް އިންސައްތައަށްވުރެ އިތުރު ނުވާނެ ގޮތަކަށް ލޯންސްކީމްތައް ތައާރަފްކުރުމުގެ އިތުރުން ހަދަން ފަށާފައި ނުނިމި ހުރި އިމާރާތްތައް ނިންމުމުގެ ގޮތުންވެސް ހާއްސަ ސްކީމެއް ތައާރަފްކުރަން ނިންމާފައިވާކަން ނާޒިމް ހާމަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: