ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރު ވާނީ ވައުދު ފުއްދާ ދަތިތައް ހައްލުކޮށްދޭ ސަރުކާރަކަށް: ނައިބު ރައީސް

ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ވަގުތު ފޮޓޯ: އަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވާނީ ވައުދު ފުއްދާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދޭނެ ސަރުކާރަކަށް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ހުސެއިން އެގޮތަށް ވިދާޅުވީ މި ސަރުކާރުގެ އަދި ރާއްޖޭގެ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމުގައިވާ ރަސްމާލެ ނަމުން ނަން ދީފައިވާ ކ. ފުށިދިއްގަރުފަޅު ހިއްކައި އެ ތަން ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރައީސް މުއިއްޒު ފައްޓަވައި ދެއްވުމާ ގުޅިގެންނެވެ.

ނައިބު ރައީސް ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދެއްވުމަށް ހަލުވި ދުވެލީގައި ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މާތް ﷲ ގެ އިރާދަފުޅާއެކު ރައީސް މުއިއްޒުގެ ސަރުކާރު ވެގެންދާނީ ވައުދު ފުއްދާ ދަތިތައް ހައްލުކޮށްދޭނެ ސަރުކާރަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާ ހަވާލުކޮށްގެން ކަމަށެވެ. މި މަޝްރޫއުގެ ދަށުން 1،153 ހެކްޓަރގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް ކުރިއަށް ގެންދެވޭނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ސީއެމްސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ދުނިޔޭގައި ބިންހިއްކުމުގެ މަސައްކަތުގައި އެންމެ ގާބިލު އަދީ ރާއްޖޭގައި ވެސް މަޝްރޫއުތައް ހިންގަމުންދާ ކުންފުންޏެއް ކަމަށްވާ ބޮސްކާލިސް ވެސްޓް މިނިސްޓަ ކޮންޓްރެކްޓިން ކޮމްޕެނީންނެވެ.

މީގެއިތުރުން އާބަންކޯ އިން ބުނެފައިވަނީ އަންދާޒާ ކުރެވޭ ގޮތުން އެ ރަށުގައި 240،000 އަށް ވުރެ ގިނަ މީހުން އާބާދުކުރެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: