ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުންގެ މުސާރައާއި މެދު ސުވާލު އުފެއްދުން؛ އެމްޑީޕީ ޕީޖީ ބުނީ ގިނަ ފަހަރަށް އުޅެނީ ދަތީގައިކަމަށް!

އެމްޑީޕީ ޕާލިމަންޓު ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިނާޔަތްތައް ހިމަނައިގެން ލިބޭ ޖުމްލަ މުސާރައިގެ ބޮޑު ބައެއް ހޭދަކުރަނީ ރައްޔިތުންގެ ހައްގުގައިކަމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ބުނެފި އެވެ.

މި މައްސަލަ ގޯސްވެފައި ވަނިކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ މެމްބަރުންނަކީ ވެސް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭ ބައެއްކަމަށެވެ. އަދި ކޮންމެ މެމްބަރަކު ވެސް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް، ރަށެއް ދޫކޮށް މާލެ ބަދަލުވަނީ އެ ދަތިތަކާއި ކުރިމަތިލުމަށްކަމަށާއި، އެއީ އުނދަގޫކަމެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި ދިރިއުޅޭނެ ތަނެއް ކުއްޔަށް ނަގައިގެން އުޅެން ޖެހުމާއި އެކު ރައްޔިތުން ކައިރިއަށް ގޮސް ވެސް ކުރަން ޖެހޭ ހަރަދުތަކެއް ހުރެ އެވެ.

ކޮންމެ ދެމަހުން އެއް މަހަކު މަޖިލިސް ޗުއްޓީއެއް ލިބުނު ނަމަވެސް އެ ވަގުތުގެ ތެރޭގައި މެމްބަރުންގެ އަމާޒު ހުންނަނީ ދާއިރާއަށް ގޮސް ރައްޔިތުންގެ ހާލަތު ގާތުން ބަލައި ދިމާވާ ކަންކަން ހައްލު ކުރުންކަމަށް އޭނާ ވިދާޅުވި އެވެ. ވަޒީރުން ހެން ދަތުރުތަކުގެ ހަރަދުތައް، ނުވަތަ ސެކޭޓްރީން މެމްބަރުންގެ ނެތްކަމަށާއި ދާއިރާއަށް ކޮންމެ ދަތުރެއް ކުރަނީ އަމިއްލަ ޖީބުން ހަރަދުކޮށްގެންކަމަށް ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ މި ބަދަލުތައް ގެނެސްފައި ވަނީ، ނޮވެމްބަރ 21، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއި ކުރައްވައި ޕީސީބީގެ މުސާރަ ބޮޑު ކުރުމަށް އެދިވަޑައިގެންފައި ވާތީ އެ ބަދަލުތައް ގެނައިއިރު ދައުލަތުގެ މުސާރަތައް ވެސް އެއްހަމައަކުން ބޮޑު ކުރެވޭނެ ގޮތަށް ބަލައިގެންނެވެ.

އެކަމާއި ބެހޭ އިތުރު ތަފްސީލު ދެއްވައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ރައީސް މުއިއްޒުގެ ފަރާތުން އެދިފައި ވަނީ ޕީސީބީގެ ރައީސަށް މުސާރައިގެ ގޮތުގައި 55،000 ރުފިޔާ އަދި ނައިބު ރައީސަށް 45،000 ރުފިޔާ، ބޯޑު މެމްބަރުންގެ މުސާރައަކަށް 20،000 އަށް ބަދަލުކޮށްދިނުމަށެވެ. ޔައުގޫބް ވިދާޅުވީ ދެން ހުރި ތަންތަނަކީ ސަރުކާރުން އެދިގެން މުސާރައިގެ ބަދަލު ގެންނަން ޖެހޭ އިދާރާތަކެއް ނޫން ކަމަށެވެ.

މުސާރަތައް އެއްހަމަ ކުރުމަށް ބަޖެޓުގައި 500 މިލިއަން ރުފިޔާ ވެސް ހިމަނާފައިވާނެކަން ފާހަގަކުރައްވައި ޔައުގޫބް ވިދާޅުވެފައި ވަނީ ވަކި މުވައްސަސާއަކަށް މުސާރަތަކަށް ބަދަލު ގެންނައިރު އެހެން މުވައްސަސާތަކަށް ވުރެ ކުޑަވެފައި ނުވަތަ ބޮޑުވުމަކީ މައްސަލައަކަށް ވާނެ ކަމަށެވެ. އެ ބަދަލަކީ 500 މިލިއަންގެ ތެރެއިން 90 މިލިއަން ރުފިޔާކަމަށާއި ބާކީ ހުރި 410 މިލިއަނަކީ ސަރުކާރުން މުސާރަ ބޮޑުކުރުމަށް ބޭނުންވާ ފަރާތްތަކަށް ކަނޑައެޅި އަދަދުކަމުގައި ޔައުގޫބް ވިދާޅުވި އެވެ. އޭގެ ތެރޭގައި އޭނާ ފާހަގަކުރީ ފުލުހުންނާއި، ސިފައިން، ޓީޗަރުން އަދި ސިވިލް ސާވަންޓުންނެވެ.

ޔައުގޫބް ވިދާޅުވީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރުމަށް ފެށި މަސައްކަތުގައި މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑު ކުރުމުގެ އެއްވެސް އަމާޒެއް ނެތް ކަމަށެވެ. އެކަމަކު އެގޮތަށް ބަދަލު ގެންނަން ހުށަހެޅީ އޭނާ ވިދާޅުވި ގޮތިގައި އެއްކޮށް މަސައްކަތް ނިމޭއިރު ތަފާތު ގޮތެއް ހުންނާނެތީ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީން ވަނީ އެހެން އިދާރާތަކުގެ މުސާރަތަކަށް ވެސް ބަދަލުތައް އައިކަމާއި ހަމައެކަނި މެމްބަރުންގެ ވާހަކަތައް ދައްކަނީ ކޮން ސަބަބަކާއި ހުރެތޯ ސުވާލު އުފައްދާފަ އެވެ. އަދި ވިދާޅުވެފައި ވަނީ ކައުންސިލްތަކުގެ މުސާރަތައް ބޮޑު ކުރުމަށް ލޯކަލް ގަވަމެންޓު އޮތޯރިޓީން މަޖިލީހުގައި ބަޖެޓު ދިރާސާކުރި މަރުހަލާގައި ބަޖެޓު ކޮމިޓީގައި އެދިފައިވާކަމަށެވެ. އަދި ކައުންސިލްތަކުގެ މުސާރައާއި ގުޅޭ ކަންބޮޑުވުންތައް ވެސް ލިބެމުންދާ ކަމަށެވެ.

މީގެއިތުރުން ފަނޑިޔާރުންގެ މުސާރައަށް އެއްވެސް ބަދަލެއް ނާންނަތާ 13 އަހަރަށް ފަހު ފަނޑިޔާރުންގެ މުސާރަތަކަށް ވެސް ބަދަލު ގެނައިކަމަށް ޕީޖީން ބުންޏެވެ.

އެމްޑީޕީގެ ޕީޖީގެ ނައިބު ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް މިއަދު ވިދާޅުވީ މުސާރަތައް ބޮޑު ކުރީ ސަރުކާރުން އެދިގެން ނުވަތަ އަންގައިގެންކަމަށް ވެސް ބުނެފައި ނުވާނެކަމަށެވެ. އެކަމަކު އެއީ ސަރުކާރަށްކޮށްދިންކަމެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: