ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސާރަތައް ބޮޑުވާން ބޭނުމެއް ނޫން، އިތުރުވާ ބައި ހަދިޔާ ކުރައްވާނީ އިޖްތިމާއީ ފަންޑަކަށް: ރައީސް

ކެބިނެޓު ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް މަޝްވަރާއެއް ހޯދުމެއް ނެތި ދައުލަތުގެ އެކި މަގާމުތަކުގެ މުސާރަތައް ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވާތީ އެކަމަށް ތާއީދު ނުކުރައްވާތީ އިތުރުވާ ބައި އިޖްތިމާއީ ފަންޑަކަށް ހަދިޔާ ކުރެއްވުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހިމެނޭހެން ދައުލަތުގެ އިސް މަގާމުތަކާއި ކެބިނެޓު ވަޒީރުން އަދި މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑު ކުރަން ކޮމިޓީގެ އިއްތިފާގުން ނިންމީ އިއްޔެ އެވެ. ސިޔާސީ މަގާމުތަކުގެ މުސާރަތައް ބޮޑު ކުރާ މައްސަލައިގައި އާންމުންގެ ހިތްހަމަނުޖެހުން ބޮޑުވެ، ބައެއް ސިޔާސީ ޕާޓީތަކުން ވެސް ބަޔާން އާންމުކޮށްފައި ވަނިކޮށް ރައީސް މުއިއްޒު ވިދާޅުވީ މިއީ އެއްވެސް ގޮތަކަށް އެމަނިކުފާނުގެ ވިސްނުންފުޅެއް ނޫން ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިއީ އެއްވެސް މިންވަރަކަށް ސަރުކާރުގެ މަޝްވަރާއެއް ނުހޯދައި، ކޮމިޓީން ގެނައި ބަދަލެއް ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ މުސާރައަށް އިތުރުވާ ބައި ހިޔާ ފަދަ އިޖްތިމާއީ ފަންޑަކަށް ހަދިޔާ ކުރުމަށް މިހާރު ނިންމަވާފައިވާ ކަމަށެވެ.

މާލިއްޔަތު ކޮމިޓީން އިއްޔެ ފާސް ކުރީ ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 120،000 އަށް ބޮޑުކޮށް ނައިބު ރައީސްގެ މުސާރަ 93،000 އަށް ބޮޑު ކުރުމަށެވެ. އަދި ވަޒީރުންނަށް މީގެ ކުރިން ލިބެމުން ދިޔަ 66،000 ރުފިޔާގެ މުސާރަ 74،000 އަށް ބޮޑު ކުރުމަށް ވަނީ ފާސްކޮށްފަ އެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: