ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ފެންނަނީ ލަދުވެތި މަންޒަރުތަކެއް: ރޮޒައިނާ

އައްޑޫ މީދު ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ފަރާތުން ފެނިގެންދަނީ ލަދުވެތި މަންޒަރުތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާ މެެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ހަފްލާއެއްގައި ކުރިމަތިވެ ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ރައީސް މުއިއްޒުގެ ވާހަކަފުޅު ކުރުކޮށްލެއްުވުމާއި ގުޅިގެން ރޮޒައިނާ ވިދާޅުވީ، އިތުރު ފަންސާސް މީހުންވެސް ރައީސް އޮފީހަށް ވަޒީފާއަށް ނަގަންވީކަމަށެވެ. އަދި އެކަން ކޮށްގެން ނަމަވެސް މިހާރަށް ވުރެ ރަނގަޅަށް ކަންކަން އިންތިޒާު ކުރެވޭތޯ ބަލަންޖެހިފައިވާކަމަށް ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، ޓެލެޕްރޮމްޕްޓަރެއް މައްސަލަ ޖެހުނު ނަމަވެސް އަތުގައި ބާއްވައިގެން ބަލައިގެން ކިޔާނެ ގަނޑެއްގެ މިންވަރު އޮންނަންވާނެކަމަށެވެ. އޭނާ ވިދާޅުވީ، މިންވަރު ކުރެވިފައިނުވުމަކީ ދެރަ ވަރުކަމަށާއި އެއީ ގައުމަށްވެސް ހުރި ބޮޑު ލަދެއްކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ގިނަ އަދަދެއްގެ ގޯސްތައް ހެދިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެ ގޯސްތައް ހަދާފައިވަނީ ރައީސް އޮފީހުންކަމަށްވުމުން އެ ކަންކަން މިހާރު މަޖަލެއްވެސް ނޫންކަމަށޭވެ. އަދި އެއީ ގައުމަށް ހުރި ބޮޑު ހުތުރެއްކަަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 19%ހައިރާންވެއްޖެ 0%ވަރަށް ދެރަ 56%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެއަށްވުރެއް މާބޮޑު ލަދުވެތިކަމެއް ރައްޔިތުން ތަހައްމަލްކުރީ މި ނިމިދިޔަވެރިކަމުގައި، އޮޅިގެން ކަމެއްނުވާ އެއްމެދުވަހެއްވެސް ނުދޭ ، ބީތާއެއްގެ ވެރިކަން ނިމިއްޖެ ލަދުން ބޯހަލާކު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: