ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ ފަސް އަހަރުގެ ތެރޭގައި ފުށި ދިއްގަރުފަޅު އާބާދު ކުރުން: ފަޒުލް

ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އަމާޒަކީ ފަސް އަހަރުގެ ތެރޭގައި ފުށިދިއްގަރުފަޅު އާބާދުކުރުން ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފުށިދިއްގަރުފަޅު ފަޅުގެ މަޝްރޫއުގެ ކުރިއަށް ގެންދާ ގުޅޭގޮތުން ނޫސްވެރިންނަަށް މައުލޫމާތު ދެއްވަމުން ފަޒުލް ވިދާޅުވީ އެ މަސައްކަތުގެ ތެރޭގައި ގާނޫނާއި ގަވައިދާ ހިލާފު އެއްވެސް ކަމެއް ހިގާފައިވާ ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ. ގާނޫނާއި ނުވަތަ ގަވައިދާ ހިލާފުކަމެއް އޮތް ކަމަށް ގަބޫލްކުރެވޭނަމަ ބޭނުންފުޅުވާ ބޭފުޅަކު އޭސީސީއަށް މައްސަލަ ހުށަހަޅުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ފަޒުލް ވިދާޅުވީ މިހާރު ވެސް އޭސީސީއަށް މައްސަލައެއް ހުށަހަޅައި ކަންބޮޑުވުން ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި މި ހިސާބާ ހަމައަށް އައުމަށް ކުރި މަސައްކަތްތައް ދިރާސާކުރައްވަން ޖެހޭ ކަމަށް ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ފަސް އަހަރުގެ ދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުގައި މީހުން އާބާދު ކުރުން ކަމަށާއި އަދި މަސައްކަތްތައް ކުރަމުން ދަނީ އެ އަމާޒުގައި ކަމަށެވެ. އަދި އެ އަމާޒު ހާސިލްކުރެވޭތޯ އާބަންކޯ އާއި އާބަންކޯގެ ހުރިހާ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. ފުށިދިއްގަރު ފަޅުން ހުޅުމާލެ ދެފިޔަވަހި އެއްކޮށްލީމަ ވާވަރުގެ ތިން ގުނަ ސަރަހައްދެއް ލިބިގެންދާނެއެވެ. އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަަށް ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ އެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: