ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން ހާއްސަސަ އޮފާތަކާއިއެކު 2024 ގެ އައު އަހަރު ފާހަގަކުރަނީ!

ދިރާގުން މީލާދީ އައު އަހަރު، 2024 ފާހަގަކުރުމުގެ ގޮތުން ޚާއްސަ އޮފަރތަކެއް ލޯންޗު ކުރުން/ ފޮޓޯ: ދިރާގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުން މީލާދީ އައު އަހަރު، 2024 ފާހަގަކުރުމުގެ ގޮތުން ޚާއްސަ އޮފަރތަކެއް ލޯންޗުކޮށްފިއެވެ.

އައު އަހަރަށް މަރުހަބާ ކިޔުމާއި އުފާފާޅުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ޚާއްސަ އޮފަރތައް ފަރުމާކޮށްފައެވެ.

މީގެތެރޭގައި:

  • ސަޅި އެނުއަލް އަދި ސަޅި 180 ޑޭސް ޕްރޮމޯ: ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އެންމެ 2024 ރުފިޔާއަށް ސަޅި އެނުއަލް އަދި ސަޅި 180 ޑޭސް ސަބްސްކްރައިބް ކުރެވޭނެއެވެ. އެގޮތުން ސަޅި އެނުއަލް ޕްލޭނާއެކު ކަސްޓަމަރުންނަށް 365 ދުވަހަށް ދުވާލަކު 1ޖީބީ ލިބޭއިރު، ސަޅި 180 ޑޭސް ޕްލޭނާއެކު ދުވާލަކު 4ޖީބީ، 180 ދުވަހަށް ލިބޭނެއެވެ.
  • ލިމިޓްލެސް ސޯޝަލް މީޑިއާ: ޕްރީޕެއިޑް ކަސްޓަމަރުންނަށް މި އެޑް-އޮންއާއެކު އެންމެ 24 ރުފިޔާއަށް ލިމިޓްލެސް ސޯޝަލް މީޑިއާ، 24 ގަޑިއިރަށް ލިބޭނެއެވެ.
  • ހިލޭ މައިފައި ޑިވައިސް: މޮބައިލް ބްރޯޑްބޭންޑް 749 ނުވަތަ މަތީ ޕެކޭޖަށް އަލަށް ސަބްސްކަރައިބް ކުރާ ކަސްޓަމަރުންނަށް ހިލޭ މައިފައި ޑިވައިސެއް ލިބޭނެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ދިރާގުން ބުނެފައި ވަނީ އެ ކުންފުނީގެ ކަސްޓަމަރ އެޕްލިކޭޝަން މެދުވެރިކޮށް އައު އަހަރުގެ ލިމިޓެޑް ޓައިމް އޮފާތައް ފަސޭހަކަމާއި އެކު އެކްޓިވޭޓު ކުރެވޭނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 ޖަނަވަރީ 2024 ގެ ނިޔަލަށެވެ.

މީގެ އިތުރުން ދިރާގުން ބުނީ އައު އަހަރުގެ ޕްރޮމޯގެ ދަށުން ދިރާގު އެލީޓް ކްލަބުގެ މެމްބަރުންނަށް 31 ޑިސެންބަރު 2023 އިން 1 ޖަނަވަރީ 2024ގެ ނިޔަލަށް އެސްޓްރިއާ ވެލްނެސް ސްޕާ، ފުޓްރެސްޓް ސްޕާ އަދި ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓުން ޚާއްސަ ޑިސްކައުންޓްތަކެއް ލިބިގެން ދާނެ ކަމަށެވެ.

ދިރާގުން ބުނެފައި ވަނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިކޮށް، އަގުހުރި އައު އޮފަރތަކަކާއިއެކު ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: