ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިދާ ބޮޑީ ކޮން މަސައްކަތަކުން ކަން ބެލީމަ އެނގޭނެ: އަބްދުއްރަހީމް

އަބްދުއްރަހީމް އަބްދުﷲ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު ހިންގަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢު މާ ފައިދާ ބޮޑުކަމަށް ރައީސުލްޖުމުހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ނަމުގައި ބިން ހިއްކުމުގެ މަސައްކަތްތަކެއް ރައީސް މުއިއްޒު ފައްޓަވައިދެއްވާފައިވާއިރު، އެ ކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވާ އަބްދުއްރަހީމްވަނީ އެކްސްއެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ހިންގާ ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢު އާއި ރަސްމާލެ މަޝްރޫޢު ދެމެދު ތަފާތުތައް ބަލާލުމުން ފައިދާ ހުރީ ކޮން މަޝްރޫޢުއަކުންކަން ރައްޔިތުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެކަަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން ހުޅުމާލެ ތިލަފުށި އަދި ދިޔަނެރުފަޅުގައި ޖުމްލަކޮށް ހިއްކަނީ 95.6 ހެކްޓަރުގެ ބިންކަމަށާއި 19.6 ހެކްޓަރު ބިން ކޮންޓްރެކްޓަރަށް ދޭންޖެހޭކަަމަށެވެ. އެހެންނަމަވެސް ފުށިދިއްގަރު ފަޅުގެ މަސައްކަތްތަކުގެ ތެރެއިން 1153 ހެކްޓަރު ހިއްކާއިރު ކޮންޓްރެކްޓަރަށް ދެނީ 70 ހެކްޓަރުކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓަރަށް ދޫކުރާ ބިން އަލުން އަނބުރާ ގަނެވޭނެ އިންތިޒާމުތައް އެއްބަސްވުމުގެ ތެރެއިން ހަމަޖެހިފައިނުވާކަަމަށެވެ. އެހެންމަަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފުރުސަތު ފަހިވެފައިވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: