ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޝުޖާޢު ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު ޢައްޔަނުކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ އޮފް ޕޮލިސްކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު، މިއަދު ޢައްޔަންކުރައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢަށް މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެންމެ ފަހުން ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ. ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމާއި އަދި ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއް ޢަލީ ޝުޖާޢު ހޭދަކުރައްވާފައިވެއެވެ.

ޢަލީ ޝުޖާޢު ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް މެނޭޖްމަންޓް ހާސިލުކުރައްވާފައެވެ. އަދި ޢަލީ ޝުޖާޢު އަކީ އެމެރިކާގެ ޔުނިވަރސިޓީ އޮފް ވަރޖީނިއާ އެފިލިއޭޓްވާ އެފްބީއައި ނޭޝަނަލް އެކަޑަމީ ސެޝަން 277ގެ އެފްބީއައި ގުރެޖުއޭޓެއް ވެސްމެއެވެ.

ސީޕީގެ މަގާމަށް ނެގޭނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީ ރޭންކުތަކުގައި ތިއްބެވި އޮފިސަރުންނަށެވެ. އެއަށް ފަހު ގާނޫނުގައި ވަނީ ޕޮލިސް ބޯޑުން އިންޓަވިއުކޮށް މަގާމަށް ގާބިލުކަން ވަޒަންކޮށް ސީޕީއަކު އައްޔަނު ކުރުމަށެވެ. އަދި ބޯޑުގެ ނިންމުން މިނިސްޓަރަށް ހުށަހެޅުމުން އެ ލަފައަށް ރިއާޔަތް ކުރުމަށް ފަހު ބޭފުޅަކު މަގާމަށް އައްޔަނު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

ކޮމިޝަނަރުގެ މަގާމުގައި މީގެ ކުރިން ހުންނެވީ މުހައްމަދު ހަމީދެވެ. މިދިޔަ މަހުގެ 15 ގައި ފުލުހުންގެ ހިދުމަތުން ރިޓަޔާރ ކުރެއްވުމުން މިވަގުތު އެކްޓިން ކޮމިޝަނަރުގެ މަގާމު އަދާކުރައްވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: