ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާއެއް ނުބޭއްވޭތާ ހަފްތާއެއް!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވެގެން ޖަލްސާއެއް ނުބޭއްވޭތާ މިހާރު ހަފްތާއެއް ވެއްޖެ ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގްރޫޕުން މިއަދު ބުނެފިއެވެ.

މި ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމުގެ މަސައްކަތް ކުރިޔަށް އޮތްވައި މަޖިލީހުގެ ޖަލްސާތައް މިވަނީ މެދުކެނޑިފައެވެ. އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް އެޖެންޑާކޮށްފައި ނުވާ ކަމަށާއި ކޯރަމް ހަމަވާ ވަރަށް މެންބަރުންވެސް މާލޭގައި ނެތް ކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއް އެޖެންޑާކޮށްފައެއް ނެތް، އެޖެންޑާ ކުރީމާތާ އެނގޭނީވެސް، މާލޭގައި މިހާރު ނެތް މެންބަރުން ކޯރަމް ހަމަވާ ވަރަށް

ވަޒީރުންނަށް ރުހުން ދިނުމަށް މިމަހު 20 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުމުން ޖެހިގެން އައި ދުވަހު ރިޔާސަތުން ވަނީ ވަޒީރުންގެ ނަންތައް ދިރާސާކުރުމަށްޓަކައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ނަންތައް ފޮނުވައިފައެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކުގެ މެންޑޭޓު ނުހިމެނޭތީ ވަޒީރުންނަށް ރުހުން ދިނުމުގެ ރިޕޯޓު އަނބުރާ ކޮމިޓީ އަށް ފޮނުވާލުމުން އެ ރިޕޯޓުގެ މަސައްކަތްކުރުމަށް އުފެއްދި ސަބް ކޮމިޓީގެ ކޯރަމް ހަމަނުވާތީ ރިޕޯޓުގެ މަސައްކަތް ނުނިމޭ ކަމަށާއި، މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ދަނީ އެ ސަބަބާ ހެދި ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް މެދުކެނޑުނު ދެވަނަ ސަބަބެއްގެ ގޮތުގައި ހުސައިން ފާހަގަކުރެއްވީ، ޕާޓީތަކުން 20 ވަނަ މަޖިލީހުގެ އިންތިހާބުގައި ޕާޓީތައް ތަމްސީލުކުރާނެ މެންބަރުން އިންތިހާބުކުރުމަށްޓަކައި ބާއްވާ ޕްރައިމަރީ އަށް ހުޅުވާލާފައި އޮތުމުން، ގިނަ މެންބަރުން ކެމްޕެއިން ދަތުރުފުޅުގައި އުޅުއްވާތީ ކަމަށެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: