ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ މާދަމާގެ އެޖެންޑާއަކު ނެތް

އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް/ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު އެކުލަވާލާފައިވާ ކެބިނެޓުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނުހިމަނާ މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާ ހިއްސާކޮށްފިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭނެކަމާއި އެމްޑީޕީއިން އެމަނިކުފާނު އަޒުލުކޮށްފާނެކަމުގެ އިންޒާރުތައް ދީފައިވާއިރު، ރައްޔިތުންގެ މަޖިލީހުންވަނީ ޑިސެމްބަރު 28 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާ ހިއްސާކޮށްފައެވެ. ހިއްސާ ކޮށްފައިވާ އެޖެންޑާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހިމަނާފައިނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންކަމަށް ބަލާއިރު، ވަޒީރުންނާއި ސުވާލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ބިލެއް ތައާރަފްކުރުމާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ހުށައެޅުމާއި، ވަޒީރުންނާއި ސުވާލުކުރުމުގެ ގާނޫނު އުވާލުމަށް ހުށައަޅާ ބިލެއްގެ ފުރަތަމަ ކިޔުން އިއުވުން ހިމެނެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން އަލަށް އުފައްދާފައިވާ ވުޒާރާތަކާއި މަސައްކަތުގެ ދާއިރާތައް ފާސްކުރުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މަސައްކަތްތައް ކުރުމަށްވެސް ކަނޑައެޅިފައިވާއިރު، ބައިނަލްއަގުވާމީ ތިމާވެށި އަދި ސިއްހަތާއި ގުޅުންހުރި މުއާހަދާއެއްގައި ދިވެހިރާއްޖެއިންވެސް ބައިވެރިވުމާއިމެދު ގޮތް ނިންމުމަށް މަސައްކަތްތައް ކުރުމަށްވެސް ކަނޑައެޅިފައިވެއެވެ.

މަޖިލީހުގެ އިދާރާއިން ހިއްސާކޮށްފައިވާ މާދަމާގެ އެޖެންޑާގައި ކާށިދޫ ދާއިރާގެ މެމްބަރު ހުށައަޅުއްވާފައިވާ ރާއްޖޭގެ ބިމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްކުރިއަށް ގެންދިއުމަށްވެސް ހިމެނިފައިވާއިރު، ވޯޓަށް އަހާ މަރުހަލާއަށް ގޮސްފައިވާ ކަންކަމުގައި ވޯޓަށް އެހުމަށްވެސް ކަނޑައެޅިފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: