ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އެމްޑީޕީގެ ރަން ގޮނޑި“ ކޮމަންޑޫ ރާޝިދު ވެސް ޕީއެންސީއަށް!

ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު (ރާޑޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު (ރާޑޯ) އިދިކޮޅު މައި ޕާޓީ އެމްޑީޕީ ދޫކޮށް ސަރުކާރު ހިންގާ ޕާޓީއާއި ގުޅިވަޑައިގެންފި އެވެ.

ދައުރުގެ މެދުތެރެއިން ބޭއްވި އިންތިހާބުގައި ރާޝީދު ވާދަކުރިއިރު އޭނާއަކީ ސިޔާސީ ގޮތުން މާ މާގުބޫލު މޫނެވެ. އެކަމަކު އޭރު އޮތް ސިޔާސީ ވާދަވެރިކަމުގައި އެންމެ ބޮޑު ތާއީދެއް އޮތީ ކޮން ޕާޓީއަކަށްކަމަށް ދައްކަން ކުރި މަސައްކަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މުޅި އެމްޑީޕީގެ ލީޑާޝިޕް އެއްކޮށް މަސައްކަތް ކުރީ ރާޝީދަށް އެ ގޮނޑި ކާމިޔާބުކޮށްދޭންށެވެ.

އިންތިހާބާއި ގުޅުން ހުރި ގިނަ މައްސަލަތައް ފެންމަތިވެ، އެ ޝަކުވާތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހެޅިއިރު އެ ގޮނޑި ކާމިޔާބު ކުރުމަށް ދައުލަތުގެ ވަސީލަތްތައް ވެސް ބޭނުން ކުރި އެވެ. އެގޮތުން ދެ ކޮމަންޑޫ ގުޅުވާލުމަށް ވީ ވައުދާއި، ރަށަށް ތަރައްގީއާއި ގުޅުން ހުރި ގިނަ ޕްރޮޖެކްޓުތައް އިއުލާނު ކުރި އެވެ.

ޕީއެންސީއާއި ބައެއް މެމްބަރުން ގުޅޭނެކަމަށް އަޑުތައް ފެތުރި، މިއަދު ވެސް މީޑިއާތަކުގައި ރާޝިދު އެމްޑީޕީ ދޫކުރަން އުޅޭކަމަށް ރިޕޯޓު ކުރި އެވެ. ރާޝީދުއާއި އެކު އެމްޑީޕީގެ އެހެން ބައެއް މެމްބަރުން ވެސް ޕީއެންސީއަށް ސޮއިކުރިއިރު އެންމެ ބޮޑު ފާޑުކިއުމެއް ވެސް އަމާޒުވަނީ ރަޝީދަށެވެ.

ދަރުބާރުގޭގައި ޕީއެންސީން ބޭއްވި ޖަލްސާގައި ޕީއެންސީއަށް ސޮއިކޮށް، އެ ފޯމު ރާޝީދު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާ އެވެ.

މިރޭ ޕީއެންސީއާ ގުޅިވަޑައިގެންނެވި މެމްބަރުންނަކީ:

1- މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
2- ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
3- މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ހައިތަމް
4- އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
5- ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް
6- ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް
7-މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރް
8-މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު
9-ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހްސިން ހަމީދު
10- މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ
11- ކޮމަންޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ރާޝިދު
12- ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
13- ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝާޒް

 

 

ވަރަށް ގަދަ
40%ވަރަށް ގަދަ 30%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 3%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: