ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ތެރެއިން ގައުމީ މަސައްކަތެއް ކުރަން އުޅުމުން އެ ފުރުސަތު ނުލިބުނު: ޝަރީފް

މަރަދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް: ފޮޓޯ/ ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު މަގުން ކައްސާލައިގެންދާ ނަމަ، ހަމަ މަގަށް އަޅުުވާނެ ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރެއްވި ނަމަވެސް އެ ޕާޓީއަކީ ގައުމުގެ މަސްލަހަތު ކުރިއަރުވާ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ޕާޓީއަކަށް ނުވި ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ޝަރީފް ވިދާޅުވީ އެމްޑީޕީގައި މީގެކުރިން ހުންނެވީ އެ ޕާޓީ އިދިކޮޅު ޕާޓީއަކަށްވުމާ ގުޅިގެން ޕާޓީގައި ހުންނަވައި ގައުމީ މަސައްކަތެއް ކުރައްވަން ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވައިގެން ކަމަށެވެ.

ނަމަވެސް އެ ފުރުސަތެއް އެމްޑީޕީގެ ތެރެއިން ލިބިވަޑައިނުގެންނެވި ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ ތިރީހަކަށް ސާޅީހަކަށް އަހަރު ކުރިން ގައުމުގެ އިސްލާހުގެ މަގުގައި މަސައްކަތް ކުރުމަށް ގައުމަށް ހެޔޮ ބަދަލު ގެންނެވުމަށް އިސްވެ ނުކުތް މީހުންގެ ތެރެއިން މީހެއް ކަމަށާއި އަދި އެތައް ފަހަރަކު ޖަލުގެ ގޮޅިތައް ދެކި އޭގެ ހިތި ރަހަ ތަހަމައްމަލުކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން ގައުމަށްޓަކާ ކުރާ މަސައްކަތެއްގަ ފަހަތަކަށް ނުޖެހޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ގައުމުގެ ވެރިއަކަށް ހުންނަވާނެ ބޭފުޅަކު ރައްޔިތުން ނިންމާފައިވާ އިރު، އެ ނިންމުމަށް އިހްތިރާމްކޮށް ތަބާވާން ޖެހޭ ކަމަށެވެ. އަދި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލިހުގައި އޮތް އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ނަންތަކުގެ ތެރެއިން ގާބިލް ނޫން ބޭފުޅަކު ހުންނެވި ނަމަ، ސަބަބު ބަޔާންކޮށް ރުހުން ނުދިނުމަކީ ވެސް މައްސަލައެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަޒީރުންނަށް ގާބިލް ބޭފުޅުން ތިއްބެވި ނަމަ، ރުހުން ދިނުން ލަސް ނުކޮށް ނިންމަވަން ޖެހޭ ކަމުގައި ޝަރީފް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ރައްޔިތުން ތަނަވަސް އަޣުލަބިއްޔަތަކުން އިންތިހާބުކޮށްފައިވާ ރައީސަކު އަޒުލުކުރުމަކީ ގައުމެއްގެ ހަޔާތުގަވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ. އެފަދައިން އަމަލުތަށް ބަހައްޓައިފިނަމަ އެއީ ގައުމަށް ގައްދާރުވުން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ ބާރުވެސް އޮންނަނީ ވަރަށް މުހިންމު ސަބަބުތަކާ ހުރެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ އިއްޔެ ނޫން އިހައްދުވަހު ރައްޔިތުން ހޮވި ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރާ ވާހަކައެއް ނޫން ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: