ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ މާރޗް މަހުގެ 1 ވަނަ ދުވަހު ފުލުހުންގެ މުސާރަ ބޮޑު ކުރަނީ!

ފުލުހުން.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މާރޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ މުސާރަ ބޮޑު ވާނެކަން ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

މިކަން ހާމަ ކުރެއްވީ އޮފީސް އޮފް ދަ ކޮމިޝަނާގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާންއެވެ.

މި ޖެނުއަރީ މަހުގެ ތެރޭގައި ފުލުހުންގެ މުސާރަ ބޮޑުނުވާނެކަމަށް އަންގާފައިވާކަމަށް ބުނާ ހަބަރަކަށް ރައްދުދެއްވާ ޝިފާން ވަނީ އެކަން އިސްލާހުކޮށްދެއްވާ، ސައްހަ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ދައުރު ނިމެން އެއް ދުވަހަށް ވެފައި ވަނިކޮށް ޕޭ ކޮމިޝަނުން ވަނީ ފުލުހުންނާއި ސިފައިންގެ މުސާރައިގެ އޮނިގަނޑު ފޮނުވައިފައެވެ. އަދި ރައީސް އޮފީހުން އޭރު ބުނި ގޮތުގައި ޖެނުއަރީ މަހުން ފެށިގެން އެ ދެ މުއައްސަސާގެ މުސާރަ ބޮޑު ވާނެއެވެ.

ފިނޭންސް މިނިސްޓަރު ޑރ. އަބްދުﷲ ޝަފީގް ވިދާޅުވީ ފުރަތަމަ ކުއާޓާ ތެރޭގައި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ނިމޭނެކަމަށެވެ.

ފުލުހުންނާއި ސިފައިންގެ އިތުރުން ކަސްޓަމްސް އާއި އިމިގްރޭޝަންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: