ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީއިން ވަކިވީ މެންބަރުން އިންތިހާބަކާއި ނުލައި މަޖިލީސް ޓިކެޓު ދިނުމަށް ޑިމާންޑް ކުރި: ފައްޔާޒް

އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު މައި ޕާޓީ އެމްޑީޕީއިން ވަކިވެ ޕީއެންސީއާއި ގުޅުން 13 މެންބަރުންގެ ތެރެއިން ބައެއް ބޭފުޅުން މަޖިލިސް އިންތިޚާބަށް ޕްރައިމަރީއާ ނުލައި، ޓިކެޓު ދޭން ޝަރުތު ކުރިކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ޕާޓީ ދޫކޮށް ދާންޖެހޭ ވަރުގެ އެއްވެސް ކަންބޮޑުވުމެއް މެންބަރުންގެ ފަރާތުން ހުށަހަޅުއްވައިފައި ނުވާކަމަށެވެ. ނަމަވެސް ވަކިވެވަޑައިގެން މެންބަރުން މަޖިލީސް އިންތިހާބަށް ޕްރައިމަރީއަކާއި ނުލާ ޓިކެޓު ދިނުމަށް ޝަރުތު ކުރެއްވިކަމަށް ވިދާޅުވިއެވެ.

ބައެއް ބޭފުޅުން އެބަ ބުނޭ ތިމަންނަމެންނަށް ޕްރައިމަރީއާ ނުލައި ދޭންޖެހޭނޭ ޓިކެޓު. އޭގަ އެބައޮތް ރަނގަޅު ވާހަކައެއް ވެސް، އެއީ މަޖިލިސް މެންބަރެއްގެ ގޮތުގައި އެ ތަނުގައި ހަރަކާތްތެރިވެގެން އުޅުއްވާ ބޭފުޅަކަށް ކޮންމެ ވެސް ކަހަލަ ގޮތެއް އޮންނަން ޖެހޭކަން އަޅުގަނޑު ވެސް ޕާސަނަލީ ގަބޫލުކުރަން.

ފައްޔާޒު ވިދާޅުވިއެވެ.

މިކަމުގައި ރަނގަޅު ވާހަކަތަކެއްވެސް އެބަހުރިކަމަށް ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ މަޖިލީސް މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ކޮންމެސް ގޮތެއް ފަހިވެފައި އޮންނަންޖެހޭކަމަށް ގަބޫލު ކުރައްވާކަމަށެވެ. އެއީ ދުނިޔޭގައި ޑިމޮކްރެސީ އެންމެ ބޮޑެތި ގައުމުތަކުގައިވެސް ކަންކުރަމުންދާ ގޮތްކަމަށް ފާހަގަކޮށް ފައްޔާޒް ވިދާޅުވީ ނަމަވެސް މިއީ އަދި އެމްޑީޕީގެ އަސާސީ ގަވައިދުން ޖާގަ ދޭ ކަމެއް ނޫންކަމަށެވެ. އެހެންކަމުން އޮތް ހަމައެކަނި ހައްލަކީ ޕްރައިމަރީގައި ކުރިމަތިލާފައި ތިބި ބޭފުޅުންނާއި ވާހަކަދައްކައިގެން ހައްލުކުރުންކަމަށް ފައްޔާޒް ގަބޫކު ކުރައްވައެވެ.

ކުރިއަށް އޮތް ތަނުގައި ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށައަޅައިގެން، މަޖިލީހުގައި އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ދައުރު ފުރިހަމަ ކުރާ މެންބަރުންނަށް ކޮންމެސް ގޮތެއް ފަހިކޮށްދެވޭނެ ގޮތް ހެދުމަށް ގަސްތު ކުރައްވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒް ވަނީ ޕާޓީގެ ބައެއް މައްސަލަތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުނުވުމުން އެކަމުގެ ޒިންމާ ނަންގަވާކަމަށެވެ. ނަމަވެސް ޕާޓީގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެ މަސައްކަތްތައް ކާމިޔާބު ނުވީ މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން ނެތުމުގެ ސަބަބުންކަމަށްވުމަކީ އެކަށީގެންވާކަމެއްކަމަށް ވިދާޅުވިއެވެ. އަދި ޕާޓީގެ ޗެއާޕަސަންއަށްވާތީ ބައެއް ކަންކަން ކުރުމުގެ ފުރުސަތު ނެތްކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: