ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

23ގެ ޑިސެމްބަރު 21ގެ ނިޔަލަށް ޕީއެސްއައިޕީއަށް 11 ބިލިއަން!

ފިނޭންސް މިނިސްޓަރު ޝަފީގް މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ޕީއެސްއައިޕީ މަޝްރޫޢުތަކަށް 11 ބިލިއަނަށްވުރެ އިތުރަށް ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުން ސަރުކާރުންވަނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަގޮތަކަށް 44.6 ބިލިއަންގެ ހޭދައެއްކޮށްފައެވެ. މި އަދަދުގެ ތެރެއިން ރިކަރެންޓު ހަރަދުތަކުގެ ގޮތުގައި 30 ބިލިއަނަށްވުރެ އިތުރު އަދަދެއް ހިމެނޭއިރު 14.5 ބިލިއަނާއި ގާތްކުރާ އަދަދެއް ކެޕިޓަލް ހަރަދުގެ ގޮތުގައިވެސް ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ.

އެ ދުވަހުގެ ނިޔަލަށް ލިބިފައިވާ ޖުމްލަ އާމްދަނީއަކީ 31.6 ބިލިއަނަށްވުރެ އިތުރު އަދަދެއްކަމަށްވާއިރު 22.8 ބިލިއަން ލިބިފައިވަނީ ޓެކްސް ފައިސާގެ ގޮތުގައެވެ. އެހެނިހެން ގޮތް ގޮތުން ލިބިފައިވާ އާމްދަނީގެ އަދަދުތައް 8 ބިލިއަނަށްވުރެ އިތުރުކަންވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ފިނޭންސްއިން ބުނެފައިވާގޮތުން އެ ދުވަހުގެ ނިޔަލަށް ސަރުކާރުން 238.2 މިލިއަން ދަތުރުފަތުރުކުރުމުގެ ގޮތުން ހޭދަކޮށްފައެވެ. އަދި އިދާރީ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯދުމުގެ ގޮތުން 767.5 މިލިއަން ހަރަދުކޮށްފައިވާއިރު އިދާރީ ހިދުމަތްތަކަށް 2 ބިލިއަނަށްވުރެ އިތުރު އަދަދެއް ހިމަނާފައިވާކަންވެސް ފާހަގަކުރެވެއެވެ.

ރާއްޖޭގައި ހިންގަމުންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ހަރަދުތައްވެސް ސަރުކާރުންދަނީ ތަފްސީލީ ގޮތެއްގައި ހިއްސާކުރަމުންނެވެ. އެގޮތުން ގައުމީ ސަލާމަތީ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން 151.7 މިލިއަންގެ ހޭދައެއްކޮށްފައިވާއިރު، ސިއްހީ ހިދުމަތްތައް ދިނުމަށްޓަކައި 351.6 ހޭދަކޮށްފައިވާކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ފިނޭންސްއިން ބުނެފައިވާގޮތުން ސަރުކާރުންވަނީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާ ބިނާކުރުމުގެގޮތުން 519.2 މިލިއަން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ހަރަދުކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކުރުމުގެ މަސައްކަތްތަކަށް 850.2 މިލިއަން ހޭދަކޮށްފައިވާއިރު، ފެނާއި ނަރުދަމާ ގާއިމުކުރުމަށްޓަކައި 1321.5 މިލިއަންގެ އިތުރުން ޓްރާންސްޕޯޓު ދާއިރާގެ މަސައްކަތްތަކަށް 3207.5 މިލިއަން ހަރަދުކޮށްފައިވާކަންވެސް ފިނޭންސްއިން ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: