ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައުުދުތައް ފުއްދުމުގައި ސާބިތުކަމާއިއެކު ހުރެ، ތަފާތު ދައްކާނަން: އާޒިމާ

ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލެއްވީ ސާބިތުކަމާއިއެކުކަމަށާއި، ސަރުކާރުގެ ތަސައްވުރު ތަންފީޒުކުރުމުގައި ތަފާތު ދައްކަވާނެކަމަށް ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

މޭޔަރު އިންތިހާބަށް އާޒިމާގެ ފަރާތުން ހުށައަޅުއްވާ މެނިފެސްޓޯ ލޯންޗުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ އޭނާގެ މަސައްކަތްތައް ބައްޓަން ކުރައްވާނީ ނަތީޖާ ނެރެދިނުމަށްކަމަށެވެ. ރައްޔިތުންނަށް ވާ ވައުދުތައް ފުއްދަވާ ތަފާތު ދައްކަވާނެކަމަށް އާޒިމާ ވިދާޅުވިއެވެ. އޭނާ މޭޔަރުކަމަށް އިންތިހާބުކޮށްގެން ރައްޔިތުން އެ ނިންމުމާއިމެދު ފަހުން ކަންބޮޑުވާން ނުޖެހޭނެކަމަށް ފާހަގަކޮށް އާޒިމާ ވިދާޅުވީ، އެއީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އެއްބާރުލުންވެސް އެންމެ ފުރިހަމައަށް ލިބެމުންދާތީ ކަންކަން ކުރެވޭނެކަމުގެ ޔަގީންކަން އޮތުމުންކަމަށެވެ.

އަޅުގަނޑު މިހާ ކޮންފިޑެންޓްކޮށް މި ހުރީ އަޅުގަނޑުގެ ކުރިމަތީގައި އަޅުގަނޑަށް މަގުދައްކަވަން ހުންނެވީ މާލޭގެ މޭޔަރުކަމުގައި އެތައް ކާމީޔާބީއެއް ހޯއްދަވައިފައި އަދި އެ ކާމީޔާބީތައް، ފަހުން ހުށަހެޅި މެނިފެސްޓޯ ދިވެހި ރައްޔިތުން ފުރިހަމަ އަޣުލަބިއްޔަތުން ބަލައިގަނެ، އަޅުގަނޑުގެ ކުރިމަތީ މަގުދައްކަވަން ހުންނެވީމާ.

އާޒިމާ ވިދާޅުވިއެވެ.

އަންހެނަކަށްވީ ނަމަވެސް ސާބިތުވެ ހުންނަވާ ތަފާތު ދައްކަވާނެކަމަށް އާޒިމާ ވިދާޅުވެ، އާޒިމާ ވަނީ އޭނާއަކީ އުމުރުން 17 އަހަރުން ފެށިގެން ސަރުކާރަށް، ރައްޔިތުންގެ ހިދުމަތުގައި މަސައްކަތްކޮށްދެއްވި މީހެއްކަން ފާހަގަކުރައްވާފައެވެ. އޭނާއަށް އިންތިހާބު ކުރެވިއްޖެނަމަ، އެއީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުނަށް އުހަށް ދިއުމުގެ ފުރުސަތު އޮތްކަން ދައްކުވައިދޭ ކަމަކަށްވާނެކަމަށް އާޒިމާ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އާޒިމާގެ މެނިފެސްޓޯ އިފްތިތާހުކޮށްފައިވާއިރު، އޭނާގެ މެނިފެސްޓޯގައި ހަމަޖެހިގެން ދިރިއުޅެވޭނެ މާހައުލެއް ގާއިމްކުރުމާއި، އިގްތިސާދު އިތުރަށް ހަރުދަނާކުރުމާއި، އިލްމާއި ހުނަރު އިތުރުކުރުމުގެ މަސައްކަތް ކުރުންވެސް ހިމެނެއެވެ. އަދި އަންހެނުން ބާރުވެރި ކުރުވުން ހިމެނޭއިރު، މުޖުތަމައުގެ އެއްބައިވަންތަކަން ގާއިމްކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތަކާއި، މާލޭގެ ކަނޑު، ފަޅު ފަރުގެ ފުރިހަމަ ނަފާ ހޯދުމަށް މަސައްކަތްކުރުމަށްވެސް ސިޔާސަތުތައް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން އާޒިމާ ވަނީ އޭނާގެ ވާހަކައިގައި މާލެ ސަރަހައްދުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ހޯދައިދިނުމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އަދި މެނިފެސްޓޯގައިވެސް މިކަމަށްޓަކައި ކަނޑައަޅާފައިވާ ސިޔާސަތުތައް ހިމެނެއެވެ. އާޒިމާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ފުރުސަތު ދޭންޖެހޭނެކަމަށެވެ. އެފަދަ މީހުންނަށް ދައުލަތުން އިތުރު ނުކުޅެދުންތެރިކަމެއް ނުވަތަ ތަކުލީފެއް ދީގެން ނުވާނެކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމާ ވިދާޅުވީ މި އިންތިހާބު ކާމިޔާބުކުރުމަށް ކުރައްވާ މަސައްކަތުގައި، އެންމެ ބޮޑު ހިތްވަރެއް ހޯދަައި ލިބިގަންނަނީ ތިން ކަނބަލެއްގެ ކިބައިންކަކަމަށެވެ. އަދި އެ ތިން ކަނބަލުންނަށް އޭނާގެ ކެމްޕެއިން ދަތުރު އާޒިމާ ވަނީ ހާއްސަކުރައްވާފައެވެ.

އެއީ:

  1. އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ
  2. އެންސްޕާގެ ސީއީއޯ އަދި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު
  3. އާޒިމާގެ އެެއްބަނޑު އެއްބަފާ ދައްތަ، ކުރީގެ މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު

މި ތިން ކަނބަލުންނަކީ ކެންސަރު ބަލި ތަހައްމަލު ކުރައްވަމުން، އެ ކަމަށް ފަރުވާ ހޯއްދަވަމުން ފަހަތަށް ޖެހިވަޑައިގެން ސަރުކާރާއި، ރައްޔިތުންނަށް ހިދުމަތްކޮށްދެއްވި ބޭފުޅުންނެވެ. އާޒިމާ ވަނީ މި ބޭކަނބަލުންގެ ހިތްވަރުގަދަކަން ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: