ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާއިއެކު މަސައްކަތް ނުކުރެވޭނެ މޭޔަރަކު އިންތިހާބުކޮށް ރިސްކެއް ނުނެންގެވުމަށް ރައީސް އެދިވަޑައިގެންފި

ވިލިމާލޭގައި ބޭއްވި އާޒިމާ ކެމްޕެއިން ހަރަކާތުގައި ރައީސް ޑރ މުއިއްޒު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި ގުޅިގެން މަސައްކަތް ނުކުރެވޭނެ ކެންޑިޑޭޓަކު އިންތިހާބުކޮށް، ރިސްކެއް ނުނެންގެވުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

މިއަދު ހެނދުނު އާޒިމާގެ ކެމްޕެއިން ހަރަކާތެއް ވިލިމާލޭގައި ކުރިއަށް ގެންގޮސްފައިވާއިރު، ރައީސް ވަނީ އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވިއިރު، ކަން ހިނގައިދިޔަ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ވިދާޅުވީ އޭރު ނުވެ ހުންނާނީ ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ނުވެ ހުރިކަންކަންކަމަށެވެ.

ވިލިމާލޭގެ މަސައްކަތްތަކަށް އިޝާރާތްކޮށް ރައީސް ވިދާޅުވީ، ވިލިމާލޭގައި 10 ބުރިން މައްޗަށް އިމާރާތްކުރުމުގެ ހުއްދަ ދެވެން އަންނަނީ ޕްލޭނިން މިނިސްޓްރީއިން ގަވާއިދު އިސްލާހުކޮށް، މަޖިލީހަށް ހުށައެޅުމުންކަމަށެވެ. މިއީ ގާނޫނަށް ބަދަލު ގެނައިސްގެން ކުރެވޭ ކަމަކަށްވާތީ، މަޖިލީހުގެ އެއްބާރުލުން ބޭނުންވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ޕްލޭނިން މިނިސްޓްރީއިން ހިފަހައްތަމުން އައި އައުން މިހާރު ވާނީ ނިމުމަކަށް ގެނައިސްފައިވާކަމަށާއި، ދެން މިކަމުގައި އޮތީ މަޖިލީހުގެ ދައުރުކަމަށް ވިދާޅުވިއެވެ.

އިރާދަކުރެއްވިޔާމުން އެކަންތައްވެސް ހައްލު ކޮށްދޭނަމޭ، ރައްޔިތުން ބޭނުން ވަނީ އިމާރާތް، ގެދޮރު އިމާރާތް ކުރުމުގައި 10 ބުރި އާއި ހަމައަށް އިމާރާތްކުރެވެން. އެކަމަށްޓަކައި ސަރުކާރުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނަން.

ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

އެ ސަރަހައްދުގައި އަޅާފައިވާ ތެޔޮ ބޯޓުތައް ނުނެގި އޮތީ ސަރުކާރުގެ އެއްބާރުލުން ނުލިބިގެންކަމަށާއި، ނަމަވެސް މި ސަރުކާރުން އެކަމަށް ހައްލު ގެނެސްދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ފައިބަރު މަސައްކަތްވެސް ރަށު ތެރޭގައި ކުރުން ހުއްޓުވާ، އެކަމަށް ތިލަފުށިން ބިމެއް ހާއްސަކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިއީ އެމަނިކުފާނުގެ މޭޔަރުކަމުގައި ކުރުމަށް މަސައްކަތް ކުރިކަމެއް ނަމަވެސް، ސަރުކާރުގެ އެއްބާރުލުން ނުލިބޭތީ ނުވެދިޔަކަމެއްކަމަށް ވިދާޅުވިއެވެ.

100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ވިލިމާލޭގައި ގާއިމްކޮށްދެއްވުމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. މިތަނުގައި ޓާޝަރީ ހޮސްޕިޓަލެއްގައި ހުންނަ، ހުރިހާ ހިދުމަތެއް ފުރިހަމަވާނެކަމަށް ވިދާޅުވިއެވެ. އެކަމުގެ ހުރިހާ މަސައްކަތެއް ފެށިފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށް ރަށަށް ބޭނުންވާ ހިދުމަތްތައް ގާއިމްކޮށްދިނުމުގައި އެއްބާރުލުން ދެއްވާނެކަމަށެވެ. ބޭނުންވާ ހިދުމަތްތައް ހޯދުމުގައި ސަރުކާރުގެ ހުރިހާ އެއްބާރުލުމެއް ލިބޭނެހެން ފަހިވެފައި އޮއްވާ، މޭޔަރަކަށް ސަރުކާރު ފިކުރު ނެތް ބޭފުޅަކު އިންތިހާބުކޮށް އެ ރިސްކު ނުނެންގެވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. މޭޔަރު ކަންކަން ކޮށްދޭން ބޭނުން ނަމަވެސް އެ ޕާޓީއަކުން އެކަން ބޭނުން ނުވެއްޖެނަމަ، ނުވެދާނެކަމަށް ފާަގަކޮށް ރައީސް ވިދާޅުވީ މަޖިލީހުގައި ކަން ވަމުންދަނީ އެހެންކަމަށެވެ.

ޕީއެންސީގެ ކެންޑިޑޭޓު އިންތިހާބުކޮށްދީފިނަމަ ކަންކަން ތަރުތީބުވެގެންދާނީ ފަސޭހަކަމާއިއެކުކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވިލިމާލޭގައި ސަރުކާރުގެ ފަރާތުން މަގު ހެދުމުގެ މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު، އެކަންވެސް ކުރާނީ ކައުންސިލާއިއެކުކަމަށެވެ. އެހެންކަމުން ސަރުރާއިއެކު މަސައްކަތް ކުރެވޭނެ މޭޔަރެއް މުހިންމުކަމަށް ވިދާޅުވިއެވެ. މިފަދަ ކަންކަމާއި ގުޅިގެން ވާދަވެރިން ހަދަނީ ރޯ ބުހުތާނު ދޮގުކަމަށް ވިދާޅުވެ، ރައީސް ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފައެވެ. އެގޮތުން މަގުތައް ހަދާނީ ގަސްތައް ކަނޑައިގެންކަމަށް ބުނެ ދެކެވޭ ވާހަކަވެސް ދޮގު ކުރެއްވިއެވެ. ރާއްޖޭގައި 5 މިލިއަން ގަހުގެ ޕްރޮގްރާމެއް ހިންގާނެކަން ކޮޕް 28 ގައި މުޅި ދުނިޔެއަށް އިއުލާން ކުރައްވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: