ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މާލެއާ މެދު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދޭނީ އާޒިމާ ހޮވައިގެން: ނައިބް ރައީސް

ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓިއަށް ގެންނަން ބޭނުންވި ތަރައްގީ އާއި ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެއްދެވުމަށްޓަކައި މާލޭގެ މޭޔަރު ކަމަށް އާޒިމާ ޝަކޫރަކީ އެންމެ ގާބިލް ބޭފުޅާ ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރާއި މާލޭގެ ތިން ދާއިރާއަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެން ނައިބްރައީސް ވިދާޅުވީ ދިރިއުޅުމުގެ ކަންކަން ބިނާ ކުރަމުންދާއިރު، އަބަދުވެސް ވިސްނަންވީ ކުރިއަށް އަޅާ ފިޔަވަޅުގެ މައްޗަށް ކަަމަށެވެ. އަދި ގިނަ ފަހަރު މާޒީގައި ކަންތައް ވެގެން ގޮސްފައިވާ އޮތް ގޮތުގެ މަތިން ހަނދާން ނައްތާލެވޭ ކަމަަށް އެމަނިކުފާނު ވިދާޅުވިއެވެ.

ލިބެން އޮތް އުފަލަށްޓަކައި ނުވަތަ ލިބެން އޮތް މީރު މޭވާއަށްޓަކައި ފަހަތަށް ބަލާ ނުލެވޭ ކަމަށާއި މިފަދަ ގޮތަކަށް ކަންކަން ކުރުމުން ހަޔާތުގައި ގެއްލުން ލިބެނިވި ކަންކަން ކުރިމަތިލާން ޖެހިފައި ހުރިކަމަށާއި އަދި ހާއްސަ ގޮތެއްގައި މި ސިޔާސީ މައިދާނުގައި އެފަދަ ކަންކަމާއި ކުރިމަތި ލާން ޖެހިފައިވާކަމަށް ނައިބުރައީސް ވިދާޅުވިއެވެ. އެހެން ކަމުން މާޒީގައި ކަން ހިނގައިދިޔަގޮތަށް ވިސްނުން މުހިންމު ކަމަށްވެސް ނައިބުރައީސް ވިދާޅުވިއެވެ. 

މާޒީގައި ސަރުކާރާއި ކޯޅޭނެ ކެންޑިޑޭޓަކަށް އެހެން ޕާޓީއެއްގެ ބޭފުޅަކު ވެއްޖެނަމަ، މި ސަރުކާރާއި ގުޅިގެން ކަންކަން ނުކުރާނެ ކަމަށް ނައިބް ރައީސް ހުސައިން ވިދާޅުވިއެވެ. އަދި އެބޭފުޅުން އަމިއްލައަށް އެގޮތަށް ވާހަކަފުޅު ދައްކަވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: