ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް އެންމެ ގިނަ ފަތުުރުވެރިން އަންނަ ގައުމަށް ޗައިނާވުމަށް ކުރާ މަސައްކަތް ވަރުގަދަކުރަން ރައީސް އެދިވަޑައިގެންފި

ޗައިނާގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަށް އަލުން ހެދުމަށް އިތުރަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ފުޖިއަން ޕްރޮވިންސްގައި ބާއްވާ ރާއްޖޭގެ ބިޒްނަސް ފޯރަމް ފެއްޓެވުމަށް ދެއްވި ތަގުރީރުގައި ރައީސް ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރު ހިއްސާ ކުރައްވާފައެވެ. އެގޮތުން ރާއްޖެއިން ތައާރަފު ކުރުމަށް މަސައްކަތްކުރާ އިތުރު ހިދުމަތްތައްވެސް ހިއްސާ ކުރެއްވިއެވެ.

އޭގެ ތެރޭގައި މަތީ ފެންވަރުގެ ހޮސްޕިޓަލިޓީ ސްކޫލެއް ގާއިމުކުރުމުގެ އިތުރުން ސްޕޯޓްސް، މެޑިކަލް އަދި ކަލްޗަރަލް ޓޫރިޒަމް ކުރިއެރުވޭނެ ގޮތްތައް ދަނީ ހޯދަމުންކަމަށް ވިދާޅުވިއެވެ.

ޗައިނާގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުން.

ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ކުރީގައި ޗައިނާއަކީ ރާއްޖޭގެ އެންމެ ބޮޑު މާކެޓުކަމަށް ފާހަގަކޮށް ރައީސް އެދިވަޑައިގަތީ އެ މަގާމު ހޯދުމަށް ޗައިނާއިން ކުރާ މަސައްކަތް ވަރުގަދަ ކުރެއްވުމަށެވެ.

ރައީސް މިހެން އެދިވަޑައިގެންނެވިއިރު، ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކުރާ ގައުމުގެ ގަދަ 3 ގެ ލިސްޓުގައި ހިމެނޭ އިންޑިއާއިން ވަނީ ރާއްޖެއާއި ދެކޮޅަށް ބޮޑު ކެމްޕެއިންއެއް ފަށާފައެވެ. އަދި ރާއްޖެއަށް ނައުމަށްވެސް ވަނީ އެދިފައެވެ. އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަދީބް ޕްރޮމޯޓު ކުރަން، ރާއްޖެއާއި ދެކޮޅަށް އިންޑިއާއިން މަސައްކަތް ކުރަމުންދާއިރު، މިހާރު ޗައިނާއިން ވަނީ ރާއްޖެ ޕްރޮމޯޓު ކުރުމުގެ މަސައްކަތްތަކެއް ފަށާފައެވެ.

ޗައިނާގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުން.

ޗައިނާއަކީ މީގެ ކުރިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކުރާ ގައުމެވެ. ނަމަވެސް ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރެއިން ބޯޑަރުތައް ބަންދު ކުރުމާއި ގުޅިގެން ރާއްޖެއަށް އަންނަ ޗައިނާގެ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެގެން ދިޔައެވެ.

ބޯޑަރު ބަންދުކުރުމަށް ފަހު، އަލުން ޗައިނާ ފަތުރުވެރިން ރާއްޖެ އަންނަން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީގައެވެ. އޭގެ ފަހުން ޗައިނާ ވަނީ ޓޫރިސްޓުން އަންނަ މާކެޓުގެ ތިން ވަނައަށް އަރައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: