ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އިތުރު 15 ޑޮމެސްޓިކް އެއާރޕޯޓެއް އަޅަން ނިންމައިފި

ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިތުރު 15 ޑޮމެސްޓިކް އެއާޕޯޓް އެޅުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

ޗައިނާގައި ކުރިއަށްގެންދިޔަ އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތައް ހާމަކުރެވުނުއިރު 15 އެއާޕޯޓް އަޅަން ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ.

މި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ފޯރަމުގައި ހުށަހަޅުއްވައިފައެވެ. އަދި ޗައިނާގެ ބައެއް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފ. ނިލަންދޫގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް ނިންމާ އެއާޕޯޓު ހެދުމަށް ބިން ހިއްކުމަށް ބޭނުންވާ ސާވޭއާއި އީއައިއޭ ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. އަދި މިހާރު ބޭނުންކުރާ ޑޮމެސްޓިކް އެއާޕޯޓުތައް އިތުރަށް ތަރައްގީކުރުމުގެ އިތުރުން، އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުން ވެސް ހިމެނެއެވެ.

ގައުމީ އެއާލައިންގެ އުދުހުންތައް ފުޅާކުރުމުގެ ގޮތުން ވައިޑްބޮޑީ އެއާކްރާފްޓު ބޭނުންކޮށްގެން ރާއްޖެއިން ބޭރަށް ޚިދުމަތް ފުޅާކުރުމަށްވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. ރާއްޖޭގައި މިހާރުވެސް 16 ޑޮމެސްޓިކް އެއާޕޯޓް ހިންގަމުންދާއިރު އިތުރު 15 އެއާޕޯޓް އަޅާ ސަރަހައްދުތައް އަދި ސަރުކާރުން ހާމައެއް ނުކުރެއެވެ.

އެއާޕޯޓް އެޅުމުގެ އިތުރުން 11 މަޝްރޫއުއަކަށް އިންވެސްޓަރުން ހޯދުމުގެ ޝައުގުވެރިކަން ރާއްޖެއިން ވަނީ ފާޅުކޮށްފައެވެ. އޭގެތެރޭގައި އައްޑޫ ބްރިޖު މަޝްރޫއު އާއި، ގދ. ކާޑެއްދޫއާއި ގދ. ތިނަދޫ ގުޅުވާލުމުގެ މަޝްރޫއު އާއި، އިހަވަންދިއްޕޮޅު ތަރައްގީ ކުރުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާގެ މަޝްރޫއުތައް ހިމެނެއެވެ.

އައްޑޫ ބްރިޖު މަސައްކަތަށް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރުވެސް އެއް ކުންފުންޏަކުން ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި އެ ޕްރޮޕޯސަލް މިހާރު އިވެލުއޭޓް ކުރަމުންދާކަން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: