ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީސް އިންތިހާބު މާރޗް 17 ގައި!

ރައްޔިތުންގެ މަޖިލީސް.
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މާޗު 17 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.

އެއީ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފުތާއެވެ.

އީސީން ބުނި ގޮތުގައި ރޯދަ މަހުގެ ފަހުގެ ތާރީޚެއްގައި އިންތިޚާބު ބާއްވަން އިދާރީގޮތުން ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އަދި، ދިރާސީ ކަލަންޑަރުގައިވާގޮތުން ޢީދު ބަންދަށް ފަހު ފެށޭ ހަފުތާއަކީ ސްކޫލުތަކުގެ އިމްތިހާނު ދުވަސްތަކަކަށް ވާތީ، އެކަށިގެންވާ އަދަދަށް ވޯޓުލާ މަރުކަޒުތައް ހޯދުމުގައި ވެސް ދަތިތައް ކުރިމަތިވާނެކަމަށް ބުންޏެވެ.

މާޗު 17 ވާ އާދިއްތަ ދުވަހު މަޖިލީސް އިންތިޚާބު ބާއްވަން ނިންމީ ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރުގެ ބަންދު ދުވަސްތަކެއް ގޮތުގައި މިހާރު ސަރުކާރުން ކަނޑައަޅާފައިވާތީ އިދާރާތަކާއި ގުޅިގެން ނިންމަން ޖެހޭ މަސައްކަތްތައް ނިންމުމުގައި ދަތިތައް ކުރިމަތިވެދާތީކަމަށް އީސީއިން ބުންޏެވެ.

މަޖިލީސް އިންތިހާބު ބާއްވާނެ ތާރީހު މިހާރު ކަނޑައަޅާފައިވީ ނަމަވެސް މިކަމުގައި އީސީގެ ވިސްނުމާއި، މަޖިލީހުގެ މިނިވަން މުއައްްސަސާތަކާ ބެހޭ ކޮމިޓީ ވިސްނުން ތަފާތުވެއެވެ.

މަޖިލިސް އިންތިހާބުގެ ވޯޓުލުން ރޯދަ މަހުގެ ފަހުން ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން، ކޮމިޓީއިން ފާސްކުރި ނަމަވެސް އިންތިހާބު ރޯދައަށްފަހު ބާއްވާނަމަ ދަތިތަކެއް ދިމާވާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިކަމާއި ގުޅިގެން ކޮމިޓީގައި ވިދާޅުވީ، އެ ކޮމިޝަނުން އެންމެ ފުރަތަމަ ވެސް އެދުނީ މަޖިލީހުން ގާނޫނު ބަދަލުކުރެވޭނެތޯ އަދި ގާނޫނަށް ބަދަލެއް ގެނެސް މަޖިލިސް އިންތިޚާބު އަވަސްކުރެވޭނެ ގޮތެއް އޮތްތޯކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި އެ ކޮމިޝަނުން ގާނޫނާ ހިލާފަށް ކަމެއް ކުރަން އުޅުން ނޫން ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ. ފުއާދުގެ މި ވާހަކައާއި ގުޅިގެން ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލިސް އިންތިހާބު އަވަސްކުރާނަމަ ކެންޑިޑޭޓުންނަށް ކެމްޕޭނުކުރުމަށް ލިބޭ ވަގުތު ކުޑަ ވާނެކަމަށެވެ.

ގާނޫނުއަސާސީގައި ވާގޮތުން މަޖިލިސް މެންބަރުންގެ ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަންޖެހެއެވެ. މިހާރު ކުރިއަށްދާ 19 ވަނަ މަޖިލިސް އިންތިހާބުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި މަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: