ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ދެކަނބަލުންނަށް ޗައިނާގެ ރައީސްގެ ދެކަނބަލުން ރަސްމީގޮތުން މަރުހަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ޗައިނާގެ ރައީސްގެ ދެކަނބަލުން ރަސްމީގޮތުން މަރުހަބާ ދަންނެވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕަންގ ލީއުޔަން ރަސްމީގޮތުން މަރުހަބާ ދަންނަވައިފިއެވެ.

ރަސްމީގޮތުން މަރުހަބާ ދެންނެވުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޑަޔަސްއަށް އަރައިވަޑައިގަތުމާއެކު 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ޗައިނާގެ މިލިޓަރީ ބޭންޑުން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ރައީސް ޑރ މުޢިއްޒުގެ ޝަރަފުގައި އެރުވި ގާޑް އޮފް އޮނަރއެއް، ޗައިނާގެ ރައީސްގެ އަރިހުގައި އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

އެއަށްފަހު ޗައިނާ ސަރުކާރުގެ އިސްބޭފުޅުން ރައީސް މުއިއްޒު އަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ މަތީފަންތީގެ ވަފުދު، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ތަޢާރުފުކޮށް އެރުވުންވެސް މިރަސްމިއްޔާތުގައި އޮތެވެ.

މިދަތުރުފުޅުގައި ދެ ޤައުމުގެ ސަރުކާރުން ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ އެކި ދާއިރާތަކުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެއެވެ.

މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: