ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލޭގައި 30،000 ހައުސިން ޔުނިޓު އަޅަން ޗައިނާއާއިއެކު ސޮއިކޮށްފި

ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި ބޭއްވި ރަސްމީ ވާހަކަފުޅުތައް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއުކަމަށްވާ، ރަސްމާލޭގައި 30،000 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ އެމްއޯޔޫއެއްގައި ޗައިނާ ސަރުކާރާއިއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ރައީސް މުއިއްޒާއި ސަރުކާރުގެ އިސް ވަފުދެއް ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ޖުމްލަ 20 އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އޭގެ ތެރެއިން އެއް އެމްއޯޔޫއަކީ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލޭގައި ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމާ ގުޅޭ އެއްބަސްވުމެކެވެ.

މި މަޝްރުއު ހިންގުމަށް ޗައިނާއިން ދޭނެ އެހީއާއި، މަޝްރޫއު ކުރިއަށް ގެންދަވާނެ ގޮތް މަޝްވަރާ ކުރައްވާނެކަމަށާއި، އެ މައުލޫމާތު އެއަށްފަހު ހިއްސާ ކުރައްވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ޗައިނާއަކީ ރާއްޖޭގެ އިގްތިސާދީ މުހިންމު ބައިވެރިއެއްކަމަށް ސަރުކާރުން ދެކެއެވެ. އަދި އިތުރަށް ގުޅުން ބަދަހި ކުރައްވާނެކަމަށް ރައީސް މުއިއްޒުވެސް ވިދާޅުވިއެވެ.

މާލޭގައި 65،000 ހައުސިން ޔުނިޓް އިމާރާތް ކުރުމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތުގެ އެންމެ މުހިންމު އެއް ވައުދެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: