ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ޗައިނާގެ ގުޅުން: ފަނޑުވުމެއް ނެތް، ކުރިއެރުުންތަކެއް ގެނެސްފި!

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ޗައިނާގެ ރައީސްގެ ދެކަނބަލުން ރަސްމީގޮތުން މަރުހަބާ ދަންނެވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ދައުރުގައި އިންޑިއާއިން ރާއްޖޭގައި އަދާކޮށްފައިވާ ރޯލާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ދައުރުގައި ޗައިނާއިން ރާއްޖޭގައި އަދާކުރި ރޯލުގެ ހަގީގަތް އެ ގައުމުތަކުން ކޮށްފައިވާ ފެންނަން ހުރި މަސައްކަތްތަކުން ތަމްސީލުކޮށްދެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދައުރުގައިވެސް ޗައިނާ އާއި ނޭދެވޭ މިންވަރަށް ގާތް ގުޅުމެއް އޮތްކަމަށް ބުނެ ވާހަކަތައް ދެކެވުނު ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި ހަދާފައިވާ އެއްބަސްވުންތައް ފަދައިން އެ ދައުރުގައި ޗައިނާއާއި އެކު ގާއިމުކުރި އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ މުރާޖާކުރަންޖެހި އުވާލަންޖެހިފައިނުވުމުންވެސް ދެމެހެއްޓި ގުޅުންތަކުގެ ހަގީގަތްތައް ފެނިގެންދެއެވެ.

އިންޑިއާއިންވެސް ރާއްޖެއަށް އެތައް އެހީތަކެއް ދީފައިވެއެވެ. ހަމަ ޗައިނާއިންވެސް އެފަދަ އެވެ. އެހެންނަމަވެސް މިއަދު އިންޑިއާ ދިވެހިރާއްޖެ ދެމެދު ހާރިޖީ ގުޅުން ހީނަރުކުރުމަށް އެ ގައުމުގެ ބައެއް ފަރާތްތަކުން މަސައްކަތްތައް ފަށާފައިވާއިރު، ރާއްޖެ އޮތީ އިންޑިއާއަށް އަޅުދާސްވެ ބަރޯސާވެފައިކަަމަށް ބުނެ ސޯޝަލްމީޑިއާގައި ވާހަކަތައް ދެކެވެމުންދިއުމުން ރާއްޖޭގެ ތަރައްގީގައި ބައިވެރިވެފައިވާ އިންޑިއާ ނޫން ގައުމުތަކުން ކޮށްދީފައިވާ މަސައްކަތްތަކަށް އަލިއަޅުވާލުން މުހިންމެވެ.

އެގޮތުން ބަލާއިރު، އެންމެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ފެނިގެންދަނީ ޗައިނާއެވެ. އެ ގައުމުން ރާއްޖެއާއިއެކު ހާރިޖީ ގުޅުންތައް ބަދަހިކުރީ ދިވެހިރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ކަނޑައެޅިގެންދިއުމަށްފަހު 1972 ވަނަ އަހަރުގައިކަމަށްވާއިރު، އެ ގައުމަކީ އޭރު ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެ ބަލައިގަނެ މަރުހަބާކީ މަދު ގައުމުތަކުން އެއް ގައުމެވެ.

އެއަށްފަހު ވޭތުވެދިޔަ ފަންސާސް އަހަރުގެ ތެރޭގައި ރާއްޖެ އާއި ޗައިނާއިންވަނީ ބަދަހިކުރެވިފައިވާ ގުޅުމުގެ ތެރެއިން ދެފަރާތަށްވެސް ފައިދާވަނިވި ބޮޑެތި ކުރިއެރުންތަކެއް ހާސިލުކޮށްފައެވެ. އަދި ޒަމާންތަކުގެ ތެރެއިން އައިސް އިހުތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުން މިއަދު އެދެވޭ މިންވަރަކަށް ބަދަހިކަން ފާހަގަކުރެވެއެވެ. ދިވެހިރާއްޖެ އަދި ޗައިނާގެ ދެމެދު ހުރި ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ވިސްނުމުގެ ތަފާތުތަކުގެ ތެރެެއިންވެސް ދެ ގައުމުންވަނީ މައްސަލަތަކެއް ފެންމަތިނުކޮށް ގުޅުން ދަމަހައްޓާފައެވެ.

ރާއްޖެ އާއި ޗައިނާ ދެމެދު އިގްތިސާދީ ގުޅުންތައް ގާއިމުކުރުމުގެ ގޮތުން ފުރަތަމަ އެއްބަސްވުމެއް ގާއިމުކުރެވުނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިމުގައި އެ ގައުމަށް ކުރެއްވި ދަތުރުފުޅުން ބައެއްގެ ގޮތުގައިކަމަށްވާއިރު، އެއީ ރާއްޖޭގެ ރައީސަކު ޗައިނާއަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރެވެ. މި ޒިޔާރަތުގެ ތެރެއިން އެއް ގައުމުގެ ރައްޔިތުންނަށް އަނެއް ގައުމަށް ދިއުމުން ވިސާ އަދި ވިސާގެ ފީއިން އެޖްޒެމްޝަން ދިނުމަށްވެސް ކަނޑައެޅިގެންދިޔައެވެ.

ރައީސް މައުމޫންގެ ވެރިކަމުގެ ދައުރުގައި އެގައުމާއިއެކު ގިނަ ރަސްމީ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. ހަމައެފަދައިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދައުރުގައިވެސް ޗައިނާ އާއިއެކު މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައިވެސް ދިވެހިރާއްޖެ އާއި ޗައިނާ ދެމެދުގެ އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ބައިލެޓަރަލް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި ގުޅުމުގެ ފޮނި މީރުކަން ދިވެހި ރައްޔިތުންނަށް ލިއްބައިދިނީ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކަށް ފަހު ވެރިކަމަށް ވަޑާައިގެންނެވި ރައީސް ޔާމީންގެ ދައުރުގައެވެ.

އެމަނިކުފާނު ޗައިނާއަށް ކުރެއްވި ޒިޔާރަތަކަށްފަހު އެ ގައުމުގެ ރައީސްގެ މަގާމުގައި މިހާރުވެސް ހުންނެވި ޝީ ޖިންގ ޕިންގވަނީ ދިވެހިރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރައްވާފައެވެ. ރާއްޖެ އާއި ޗައިނާ ދެމެދު ކުރިމަގަށް ރިއާޔަތްކޮށް ދެ ގައުމަށްވެސް ފައިދާވަނިވި މަސައްކަތްކެއް ކުރުމަށް އެއްބަސްވުންތަކެއް ގާއިމުކުރެވިގެންދިޔައީ އެ ހިސާބުންނެވެ.

އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ގާއިމުކުރެވިގެންދިޔަ އެއްބަސްވުންތަކުގެ ތެރޭގައި ޗައިނާގެ ސިލްކް ރޯޑު ޕްރޮޖެކްޓުގައި ރާއްޖެއިން ބައިވެރިވުން ހިމެނޭއިރު އެއާއިއެކު ރާއްޖެއާއި ޗައިނާގެ ގުޅުމުގެ އައު ސޮފުހާއެއް ހުޅުވިގެންދިޔައެވެ. އޭރު އަދި މިހާތަނަށްވެސް ހިންގާ ނިންމިފައިވާ އެންމެ ބޮޑު މަޝްރޫޢުތައްކަމަށްވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕު ބްރިޖުގެ މަޝްރޫޢުގެ އިތުރުން ރާއްޖޭގައި އޭރު ކުރިއަށް ގެންދިޔަ އެންމެ ބޮޑު ހައުސިންގް މަޝްރޫޢުގެ މަސައްކަތްތައެް ކުރެވިގެންދިޔައީ ރައީސް ޔާމީންގެ ދައުރުގައެވެ.

ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގައިވެސް ޗައިނާ އާއި ދެމެދު އޮތް ގުޅުން ހީނަރު ނުވެއެވެ. އެ ދައުރުގައި އިންޑިއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ސަބަބުން ޗައިނާގެ ގުޅުން ފަނޑުވެގެންދިޔަކަމަށް ފެނުނު ނަމަވެސް އެ ދައުރުގައިވެސް ދެ ގައުމުންވަނީ ރާއްޖޭގައި އެކި މަސައްކަތްތައް ކޮށްފައިކަން ފާހަގަކުރެވޭއިރު، މިހާރު އަލަށް ވެރިކަމާއި ހަވާލުވެވަޑައިގެންފައިވާ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޗައިނާ ރާއްޖޭގެ ގުޅުން އިންތިހާ ބަދަހިވެގެންދާނެކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަމުންދާކަން ފާހަގަކުރެވެއެވެ.

ރައީސް މުއިއްޒުވަނީ ވެރިކަމާއި ހަވާލުވެވަޑައިގެން ޒިޔާރަތްކުރެއްވި ދެވަނަ މަންޒިލެއްގެ ގޮތުގައި ޗައިނާއަށް ވަޑައިގެންފައިކަމަށްވާއިރު، އެ ގައުމުގެ ރައީސް އަދި އިސް އޮފިޝަލުންވަނީ އެމަނިކުފާނާއި ރާއްޖޭގެ ފަރާތުން އެ ގައުމަށް ދިޔަ ވަފްދަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ޒިޔާރަތުގެ ތެރެއިން ރައީސް މުއިއްޒުވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކުރުމަށް މަސައްކަތްތައް ކުރުމަށާް އެދިވަޑައިގެންފައެވެ. އެހެންކަމުން ކުރިއަށް އޮތް ދައުރުގެ ތެރޭގައި މި ގުޅުމުގެ ތެރެއިން އިތުރު ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ފެނިގެންދާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަންވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: