ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޯނުން ގުޅުއްވައި އާޒިމަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ

މެނިފެސްޓޯ އިއުލާން ކުރުމަށް ބޭއްވި ޖަލްސާގައި އާޒިމް ވާހަކަ ދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ މޭޔަރުކަމުގެ އިންތިހާބުގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، އިންތިހާބުގެ ކާމިޔާބީއާއި އެކު ރައީސް މުއިއްޒު އާޒިމަށް ގުޅުއްވި ކަމަށެވެ. އަދި ރައީސް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލަށާއި، މޭޔަރަށް ދެއްވާނެކަމަށް ވިދާޅުވިކަމަށް ރައީސް އޮފީހުން މައުލޫމާތު ދިނެވެ.

ރައީސް އެދިވަޑައިގެންނެވި ކަންކަމުގެ ތެރޭގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވައިގެން ސިޓީ ކައުންސިލުން މަސަައްކަތް ކުރުން ހިމެނެ އެވެ.

މިއަދު އޮތް އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، އާޒިމަށް ލިބިވަޑައިގަތީ 7،621 ވޯޓެވެ. ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝަކޫރަށް 5،032 ވޯޓު ލިބިވަޑައިގެންނެވި އިރު ދަ ޑިމޮކްރެޓްސް ކެންޑިޑޭޓު ސައިފް ފާތިހަށް ލިބިވަޑައިގަތީ 2،336 ވޯޓެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދާއި އެކު ވާދަކުރެއްވި ހުސެއިން ވަހީދަށް 1،888 ވޯޓު އަދި އަމިއްލަ ކެންޑިޑޭޓު

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، އާޒިމަށް ވަނީ 7،621 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ އެންމެ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. އާޒިމާ އަށް 5،032 ވޯޓު ލިބިވަޑައިގެންފައިވެއެވެ. ޝުއައިބު އަލީއަށް ލިބިވަޑައިގަތީ 125 ވޯޓެވެ

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: