ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބީ މޭޔަރު އާޒިމް ސިޓީ ކައުންސިލްގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވައިފި

އިންތިހާބީ މޭޔަރު އާދަމް އާޒިމް ސިޓީ ކައުންސިލްގެ އިސްބޭފުޅުންނާ ބައްދަލު ކުރެއްވުން/ ފޮޓީޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ މޭޔަރު އާދަމް އާޒިމް މާލެ ސިޓީ ކައުންސިލަށް ވަޑައިގެން އިދާރީ އިސް ބޭފުޅުންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

މޭޔަރުކަމުގެ ހުސްވެފައިވާ ގޮނޑިއަށް ބޭފުޅަކު އިންތިހާބު ކުރުމަށް ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަން އާދަމް އާޒިމް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް، އާޒިމް މޭޔަރުކަމުގެ ގޮނޑި ކާމިޔާބު ކުރުމުން އެ ޕަޓީން ވަރަށް ކުލަގަދަކޮށް ފާހަގަވެސް ކުރި އެވެ.

މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިގަތުމުގެ ކުރިން، ކައުންސިލްގެ މަސައްކަތްތައް ކުރިޔަށް ދާގޮތާއި އަދި ބައެއް މަޝްވަރާތައް ކުރުމަށް އާޒިމް ވަނީ ކައުންސިލްގެ މެނޭޖްމަންޓާއި އެކު ބައްދަލުވުމެއް ކުރިޔަށް ގެންދަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ އިދާރީ ހިންގުމާއި ގުޅޭ ގޮތުން ހުރި މައްސަލަތަކަށް ވާހަކަ ދައްކައި، ހައްލު ހޯދެއްވުމަށް ވާހަކަ ދެކެވުނުކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

އިންތިހާބު ކާމިޔާބު ކުރައްވައި އާޒިމް ވިދާޅުވީ ރައްޔިތުން އެދޭ، އަދި އުޅޭ ހިތްވާ މާލެއެއް ތަރައްގީ ކުރުމަށް ހުރިހާ ރައްޔިތުންނާއި އިސް ބޭފުޅުންގެ ބައިވެރިވުމާއި އިތުބާރާއި އެކު ކުރިޔަށް ދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ކީ މަރުހަބާއާއި، ކުރެއްވި ތާއީދަށް އާޒިމް ޝުކުރު އަދާކުރެއްވި އެވެ.

އާޒިމް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ތަރައްގީގެ އުފާ އިހުސާސް ކުރުމަށްކަމަށާއި، އެމްޑީޕީން ރާއްޖެއަށް ގެނެސްދިން ތަރައްގީ ބާރު ސްޕީޑުގައި ކުރިޔަށް ދިއުމަށް ރައްޔިތުން ބޭނުންވާ ކަމަށެވެ. އަދި އެނާ އަބަދުވެސް ދެމި ހުންނާނީ ރައްޔިތުން ބޭނުންވާ ގޮތަށް ދެމެހެއްޓެނިވި ތަރައްގީ ގެނައުމުގައިކަމަށް ވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: