ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ނޫން ދުވަހެއްކަމަށް ކަނޑައަޅުއްވައިފި

ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، މީގެފަހުން ސަރުކާރު ބަންދު ނޫން ދުވަހެއްގެގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވައިފިއެވެ.

ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ބަންދު ނޫން ދުވަހެއްކަމުގައި ކަނޑައަޅުއްވައި އެކަން ހާމަކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ. އަދި މީގެ ކުރީގައި މިއީ ބަންދު ދުވަހެއްކަމަށް ކަނޑައަޅާފައި އޮންނަ އޮތުން ބާތިލް ކުރެވިފައިވާކަމަށްވެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ނިންމާފައިވަނީ މިއަހަރުގެ ފެބުރުއަރީ 5 ވަނަ ދުވަހުއެވެ. މިއީ ނޮވެމްބަރ 17 ވަނަ ދުވަހު ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އިއްވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.

ގާނޫނުއަސާސީގެ ދަށުން ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، އެ އަހަރަކަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި ގެނެސްދެއްވާނެ ހައްލުތައް އަދި ގައުމުގެ ހާލަތު ރަނގަޅު ކުރުމާއި ގުޅޭގޮތުން ރާވާފައިވާ ކަންކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް ރިޔާސީ ބަޔާނެއް އިއްވަން ޖެހޭނެއެވެ.

މަޖިލީހުގައި މީގެ ކުރިން ބޭއްވި ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާތަކުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަޔާން އިއްވާ ވަގުތު އޭރު އިދިކޮޅުގައި އޮތް ކޮންގްރެސް ކޯލިޝަނުން ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިހުތިޖަޖުތައް ކުރިއެވެ.

މަޖިލީހުގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވާއިރު، އެމްޑީޕީ ދޫކޮށް 14 މެމްބަރަކު ވަނީ ސަރުކާރާއި ގުޅިވަޑައިގެންފައެވެ. އެހެންވެ ދައުރު ފެށުނުއިރު ސުޕަ މެޖޯރިޓީއެއްގައި އޮތް އެމްޑީޕީގެ މެމްބަރުންގެ އަދަދު ވަނީ 43 އަށް ދަށްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: