ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް/ޕީއެންސީ ޕްރައިމެރީ ވާނީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އިންސާފުވެރި އިންތިހާބަށް: ޝުޖާއު

ޕީޕީއެމް/ޕީއެންސީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު އާއި، އަބްދުއްރަހީމް އަދި ޝުޖާއު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި، ޕީޕަލްސް ނެޝަނަލް ކޮންގްރެސް އަބަދުވެސް އިސް ކުރާނީ އާންމު މެމްބަރުންގެ މަސްލަހަތުކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކޮންގްރެސް ކޯލިޝަނުގެ ޕާޓީއަށް އެދި ގިނަ ބަޔަކު ފޯމު ހުށަހެޅި އެވެ. އެކަމަކު ބައެއް ޝަރުތުތަކެއްގެ ސަބަބުން، ކެންޑިޑޭޓުންގެ ފޯމުތައް ބަލައިގަނެވެން ނެތްކަމަށް ނިންމައި އެކަން ރަސްމީކޮށް ރޭގެ ވަގުތެއްގައި އެންގި އެވެ. އެ މައްސަލައިގައި ގިނަ ކެންޑިޑޭޓުންނާއި، ޓީމުތަކުން ކަންބޮޑުވުންފާޅު ކުރުމުން ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުއިއްޒު ވަނީ އެ ނިންމެވުމަށް ބަދަލު ގެނެސްފަ އެވެ.

ޕްރައިމެރީއަށް ވާދަކުރުމަށް ފޯމު ހުށަހެޅި ހުރިހާ ކެންޑިޑޭޓުންނަށް ވެސް ވާދަކުރެވޭ ގޮތަށް ރައީސް ނިންމަވާފައިވާކަމަށް، ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ހާމަކުރެއްވުމުން ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒު އަބަދުވެސް އިސްކުރައްވާނީ އާންމު މެމްބަރުންގެ މަސްލަހަތު ކަމަށެވެ. އަދި ހުރިހާކަމެއް ވެސް ދެން އަވަސް ސްޕީޑެއްގައި ކުރިޔަށްދާނެކަމަށާއި، ހުރިހާ ކެންޑިޑޭޓުން ވެސް ވޯޓާސް ލިސްޓުތައް ރަނގަޅަށް ބަލައި މައްސަލަތައް ހުރިތޯ ބެއްލެވުމަށް ޝުޖާއު އެދިވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ މި ޕްރައިމެރީ ވެގެން ދާނީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ އިންސާފުވެރި އިންތިހާބަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތިންބައިކުޅަ، ދެބައި ގޮނޑިތައް ކާމިޔާބު ކުރެވޭނެކަމުގެ އުންމީދު އެބައޮތްކަމަށް ރައީސް ވިދާޅުވެފައި ވެއެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހަށް އިންތިހާބުވުމަށް ބޭނުން ވަނީ ތައުލީމީ ގޮތުން ގާބިލު ޒުވާން މޫނުތަކެއް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް މަޖިލީހުގައި ސަރުކާރުގެ މެމްބަރުން ތިބުން މުހިންމުކަން ފާހަގަކުރައްވާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: