ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފޭތީ މިނިސްޓަރުގެ ކަންބޮޑުވުން!

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން/ ފޮޓޯ: މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުދިންނަށް އެހީ ދީ، އެ ކުދިން ރަނގަޅު ގޮތުގައި މުޖްތަމައަށް ނެރުމުގެ ގޮތުން ގެނައި ކުޑަކުދިންގެ އަދުލުގެ ގާނޫނުން އެކަށީގެންވާ ބަދަލެއް ނުފެންނާތީ  ހޯމް ލޭންޑް އެންޑް ސެކިއިރިޓީ މިނިސްޓަރ އަލީ އިހުސާން ކަންބޮޑުވުންފާޅު ކުރައްވައިފި އެވެ.

ޖުވެނައިލް ޖަސްޓިސް ފޯރަމް ހުޅުވުމަށް މިއަދު އޮތް ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ޒަމާންތަކަށް ފަހު ގެނައި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ބޭނުން ނުކުރެވޭތީ ކަންބޮޑުވުންފާޅުކުރައްވާފަ އެވެ.

ކުޑަކުދިންގެ އަދުލުގެ ނިޒާމު 2019 ވަނަ އަހަރު އުފެދިގެން އައިއިރު މިނިސްޓަރ ވިދާޅުވިގޮތުގައި އެއީ އޭގެ ޒާތުގައި އެންމެ ފުރިހަމަ ގާނޫނަށް ނުވުމުގެ ފުރުސަތު އެބައޮތެވެ. ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ނެގުނު އެންމެ މުހިންމު އެއް ފިޔަވަޅަކީ އެއީކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އަދުގެ ގިނަ އަދަދެއްގެ ކުޑަކުދިން ދަނީ ކުށުގެ މާހައުލަށް ހުށަހެޅި، އެ ވެށީގައި އެ ކުދިންގެ ނަހަމަގޮތުގައި ބޭނުން ކުރުމުގެ ސަބަބުން އެހީއަށް ބޭނުންވެފައިވާ މުޖަތަމައެކެވެ.

އިހުސާން ވިދާޅުވީ ގާނޫނުގެ ދަށުން އެ ކުދިންނަށް ވަކި ބާވަތެއްގެ ރައްކާތެރިކަން ފޯރުކޮށްދޭތީ އޭގެ ބޭނުން ނަހަމަގޮތުގައި ބަޔަކު ހިފަމުން ދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ. ރާއްޖޭގެ މާހައުލުގައި އެކި ބާވަތްތަކުގެ ކުށްތަކަށް އަރައިގަންނަ މީހުންނާއި، ގޭންގުތައް ހަދައިގެން އޯގަނައިޒްޑް ކުށްތައް ކުރާ މީހުންގެ ކުށަށް އަރައިގަތުމުގެ ހަތިޔާރަކަށް ޅަ އުމުރުފުރައިގެ ކުދިން ބޭނުން ކުރަމުން ގެންދާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

ކުށްތަކަށް އަރައިގަންނަ މީހުންނާއި، އޯގަނައިޒްޑް ކްރައިމް ނުވަތަ ގޭންގުތައް އޮޕަރޭޓު ކުރަމުން އަންނަ މީހުންނާ މިފަދަ މީހުންގެ ޝިކާރައަކަށް މިވަނީ ތުއްތު ކުދިން.. އެ ކުދިންނަށް ވަކި ބާވަތްތަކެއްގެ ހައްގުތަކެއްގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާކަން ޔަގީން ވާތީ އެކަން އެކްސްޕްލޮއިޓް ކުރުމަށް މަސައްކަތް ކުރެވޭ

ރާއްޖޭގައި ގާނޫނުތައް ގެނެސް، އެ ގާނޫނުތައް ވުޖޫދު ކުރުން ކުރިޔަށް ގެންދާ ގޮތަށް އިހުސާން ވިދާޅުވީ އަވަސް ކުރާން ބޭނުންވާ ގާނޫނުތައް ވަރަށް އަވަހަށް ފާސްކޮށް ތަސްދީގު ކުރާކަމަށެވެ. އެކަމަކު، މިފަދަ ހަސްހާސް މައްސަލަތަކުގައި އެއްވެސް ވަރަކަށް ކަންކަން ބެލުމެއް ނެތި މަސައްކަތް ކުރާއިރު ހަތަރު އަހަރުގެ ތެރޭގައި މި ގާނޫނަށް އެންމެ އިސްލާހެއް ގެނެވުނު ސަބަބާއި މެދު އިހުސާން ސުވާލު އުފެއްދި އެވެ.

އިހުސާން ވިދާޅުވީ ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުއްޖާ ސަލާމަތް ކުރުމަށް ކުރަން ޖެހޭ މަސައްކަތް އަވަސް ކުރަން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތުން ނަތީޖާތައް ނުނެރެވޭނަމަ މަގާމުތަކުގައި ތިބުމުގެ ބޭނުމެއް ނެތްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިކަމަކަށް އިސްކަމެއް ނުދެވޭ.. އަޅުގަނޑުމެންގެ ތެރެއިން މިދިމާލުގައި މަސައްކަތް ކުރާ ކޮންމެ މީހަކީ މި ގާނޫނަށް އިސްލާހެއް ނާއިސްގެން… އަޅުގަނޑުމެންގެ ޒިންމާ އަދާނުކުރެވިގެން ނުވަތަ ސީދާ އަޅުގަނޑުމެންނާ ގުޅުން ހުރި ކޮންމެވެސް ކުއްޖެއް މީގެ ތެރެއަށް ހުށަހެޅިގެން ސަލާމަތް ނުވެގެން އުޅޭ މީހެއް.. އެކަމަކު ޒިންމާ އަދާކުރަން ލިބޭ ވަގުތު އެކަން ނުކުރެވިފައި މި އޮންނަނީ

މީގެއިތުރުން ގާނޫނުގެ ދަށުން ތަފާތު އެކި ގޮތްގޮތަށް އަމަލު ކުރަމުން ދާތީ އެކަން ވެސް އިހުސާން ފާހަގަކުރެއްވި އެވެ. މީހެއް މަރާލުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ އެއް ކުއްޖަކު ބަންދުގައި ބަހައްޓާއިރު އަނެއް ކުއްޖާ ގޭގައި ބެހެއްޓުމާއި ނުވަތަ ބަންދުން ދޫކޮށްލާފައި ބެހެއްޓުން މީގެ ތެރޭގައި ހިމެނޭކަމަށް އިހުސާން ވިދާޅުވި އެވެ.

އެކަމަކު މިއީ އެއް ގާނޫނެއްކަމަށާއި، އެކި ގޮތްގޮތަށް މާނަކުރެވޭނަމަ ސާފުކޮށް ގާނޫނު ބަޔާން ކުރުމަށް މިނިސްޓަރ ގޮވާލެއްވި އެވެ. އަދި ކުއްޖާގެ ހައްގު ހިމާޔަތް ކުރެވޭ ގޮތަށް ނިޒާމަށް ބަދަލު ގެނައުމަށް މަޝްވަރާ ކުރެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

އިހުސާން ވިދާޅުވީ ކުށް ކުރުމުގެ ވައްޓަފާޅިއަށް ޒަމާނާއި އެކު ބަދަލުތައް އަންނަކަމަށާއި، އެއާއި އެއްވަރަށް ގާނޫނުތައް ހަރުދަނާވެ ވަރުގަދަވާން ޖެހޭ ކަމަށެވެ. ގާނޫނުގައި ހުރި ބާގަނޑުތައް ބޭނުންކޮށްގެން، ކުށްތައް ކުރާއިރު އެކަންކަމަށް އަބަދު ބަލަހައްޓައިގެން ތިބެވެން ނެތްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ތަފާތު އެކި ބައްދަލުވުންތަކާއި، މަޝްވަރާގެ ބޭނުމަކީ ހައްލު ގެނައުންކަމަށްވުމާއި އެކު އެއަށް މަސައްކަތް ކުރުމަށް މިނިސްޓަރ ގޮވާލެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ ކުށް ކުރާ ކުދިން އެއްކޮށް ރިހެބިލިޓޭޓު ކުރުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމުގައި އެ ކުދިން އަނބުރާ އެފަދަ މާހައުލަކަށް ނުދާނެ މިންވަރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ހުރިހާ މުއައްސަސާތަކެއްގެ ވިސްނުން ވެސް ބަހައްޓަން ޖެހޭނީ އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނު ވުޖޫދު ކުރުމަށް ފަހު އިސްލާހެއް ގެނެސް ތަސްދީގު ކުރީ 2020 ވަނަ އަހަރެވެ. އޭރު ގެނައި އިސްލާހުގެ ދަށުން ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހުތިސާސް ލިބިދީފައި ވަނީ ޖުވެނައިލް ކޯޓަށެވެ. ހަމަ އެއާއެކު، ޝަރީއަތުން މައްސަލަ ބަލައި ފިޔަވަޅު އަޅާ ހާލަތުގައި ޕްރޮބޭޝަންގައި ދޫކުރެވޭ ކުދިން މޮނިޓާރ ކުރުމާއި އެ ކުދިން ޕްރޮބޭޝަންގެ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބަލައި، އެކަންކަމުގެ މައުލޫމާތުތައް އެއްކޮށް އެ މައުލޫމާތުތައް ޝަރީއަތަށް ފޯރުކޮށްދޭނީ ޖުވެނައިލް ކޯޓުގެ ޕްރޮބޭޝަން އޮފިސަރުންނެވެ.

މި ގާނޫނުގެ ދަށުން ކުޑަކުދިން ކުރާ ބޮޑެތި ކުށްތަކުގައި ވެސް އަދަބު ދިނުމުގައި، ލުއިތަކެއް ލިބިދެ އެވެ. އަދި އެ ކުއްޖަކަށް 18 އަހަރު ފުރުމަށް ފަހު ވެސް އެ އުމުރުގައި ކުރާ ކުށަކަށް ބޮޑު އަދަބު ނުދެވޭނެ އެވެ. އޭގެ ތެރޭގައި މަރުގެ އަދަބު ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: