ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާދީއްތަ ދުވަހު ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވަނީ!

ރަސްމީ ދަތުރުފުޅެއްގަ އަސްލަމް ލަންކާއަށް ފުރާވަޑައިގަތުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުރުން ބޭރުން ބާއްވާ ޚާއްސަ ޖަލްސާ ކުރިއަށް އޮތް ހަފްތާގެ އާދިއްތަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހިއްސާކޮށާްފައިވާގޮތުން މި ޖަލްސާގައި ތައާރަފްކުރުމަށް ކަނޑައެޅިފައިވާ ބިލުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނަށް ހުށައެޅޭ އިސްލާހަކާއި ދިވެހިރާއްޖޭގެ އިންތިހާބުތަކާއި ބެހޭ ގާނޫނަށް އިސްލާހެއް ގެނައުމަށް ބިލެއް ހިމެނޭކަމަށެވެ.

އެ އިދާރާއިން ހިއްސާކޮށްފައިވާގޮތުން އައު ސަރުކާރުން އުފައްދާފައިވާ ވުޒާރާތަކުގެ މަސައްކަތްތަކަށް ގެނެވިފައިވާ ބަދަލުތަކާއިއެކު ފޮނުވާފައިވާ މައްސަލަ ދިރާސާކޮށް ގޮތް ނިންމުމަށް ކަމާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށްވެސް ކަނޑައެޅިފައިވާކަމަށެވެ. އަދި 22 ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން އަނބުރާ ފޮނުއްވުމާއި ގުޅިގެން އެ މައްސަލ،ަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން އަލުން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށައެޅުމަށްވެސް ކަނޑައެޅިފައިވާކަަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި އިންތިހާބު ރޯދަ މަހު ބޭއްވުން ނޫން ގޮތަކަށް ތާރީހުތައް ގާނޫނުގެ ދަށުން ލިބެން ނެތެވެ. އެހެންވެ މާޗު މަހުގެ 17 ގައި އިންތިހާބު ބާއްވަން އިއުލާނުކުރިއިރު އެއީ ރޯދަ މަހުގެ 07 ވަނަ ދުވަހެވެ.

ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް، ހުށަހަޅުއްވާފައި ވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުގެ ފަރާތުންނެވެ. އޭނާ ހުށަހަޅާފައ ވަނީ އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް ރޯދަ މަހު އިންތިހާބުތައް ބޭއްވުން މަނާކުރާ މާއްދާއެއް ހިމެނޭހެން، އިސްލާހު ގެނައުމަށެވެ.

މަޖިލިސް އިންތިހާބާއި ގުޅޭގޮތުން ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި ސިޔާސީ ހުރިހާ ޕާޓީއަކުން ވެސް ވަނީ ގާނޫނަށް އިސްލާހު ގެނެސް އިންތިހާބު ރޯދަ މަހަށް ފަހު ބޭއްވުމަށް ތާއީދުކޮށް ވާހަކަ ދައްކާފަ އެވެ. އޭގެ ތެރޭގައި ސަރުކާރު ކޯލިޝަން ޕާޓީ ވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: