އިކޮނޮމިކް މިނިސްޓަރުގެ މަގާމަށް މުހައްމަދު ސައީދު އައްޔަނު ކުރުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރުހުން ދޭން ނުފެންނަކަމަށް ދައުރު ވި ލިސްޓުގައި ހިމެނޭ ސައީދަށް، ރުހުން ލިބިފައި ވަނީ ހަނި ގޮތަކަށެވެ. ސައީދަށް ރުހުން ދޭން ފެންނަކަމަށް ވޯޓު ދެއްވީ 37 ވޯޓެވެ. އެއީ ރުހުން ބޭނުންވާ އަދަދަށް ވުރެ އެންމެ ދެ ވޯޓުގެ އިތުރު އަދަދެކެވެ.

