ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. ޝަހީމަށް ވެސް ރުހުން ދޭން ފާހެއް ނުވި!

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ދޭން ނުފެންނަކަމަށް މަޖިލީހުން ފާސްކޮށްފި އެވެ.

ޝަހީމަށް ރުހުން ނުދޭން ފެންނަ ކަމަށް 31 މެމްބަރުން ވޯޓު ދެއްވާފައި ވެއެވެ. އަދި ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 30 މެމްބަރުންނެވެ. އެހެންކަމުން އެއް ވޯޓާއި އެކު ޝަހީމަށް ރުހުން ދޭން ނުފެންނަކަމަށް ވަނީ ފާސްވެފަ އެވެ. ރުހުން ދޭން ފެންކަމަށް ފާސް ވާން ބޭނުން ވަނީ 31 ވޯޓެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ތާވަލުކުރުމުން، އެމްޑީޕީން ވަނީ އެ ޕާޓީއާއި ޑިމޮކްރެޓްސް ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމިކަމަށް ބުނެފަ އެވެ. އެއީ ޒާތީ ގޮތުން ނިންމި ނިންމުމެއްކަމަށް ބުނެ އެކަމާ ދެކޮޅަށް އާންމުން ނިކުމެ މަޖިލިސް ކައިރީ މުޒާހަރާ ކުރަމުން ގެންދިޔައިރު ވޯޓަށް އެހުމަށް ހުރަސް އަޅައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ވަނީ ތަޅުމުގައި އަޑުގަދަކޮށްފަ އެވެ. އެކި ފަހަރު މަތީން އިއްޔެ ޖަލްސާގެ ގަޑިތައް ތާވަލުކޮށް ވެސް ވޯޓުލުން ކުރިޔަށް ގެންދެވޭ ގޮތެއް ނުވެގެން ޖަލްސާ ނިންމާލީ ރޭގަނޑުގެ 11 ހާއިރެވެ.

އެއަށް ފަހު އެމްޑީޕީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ބުނެފައި ވަނީ، ގަދަބާރުން ރުހުން ހޯދަން ކުރާ މަސައްކަތް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. ވަޒީރުން އެ މަސައްކަތަށް ގާބިލުތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ޒިންމާ މަޖިލީހުގެ މައްޗަށް އޮތްއިރު ވަކި ގޮތަކަށް ވޯޓުދޭން މެމްބަރުންނަށް ބާރު ނުފޯރުވޭނެކަމަށް ވެސް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ބުންޏެވެ. އަދި އުނދަގޫކޮށް ޖަލްސާއަށް ހުރަސްއަޅާނަމަ އިތުރު ވަޒީރުންނަށް ވެސް ރުހުން ނުދޭނެކަމުގެ އިންޒާރު ދިނެވެ.

ޝަހީމަށް ރުހުން ނުދޭން އެމްޑީޕީން ނިންމިކަމަށް މީޑިއާތަކުން ރިޕޯޓު ކުރުމުން އެކަމަށް އާންމުން ވަރަށް ބޮޑަށް ފާޑުކިއުން އަމާޒު ކުރި އެވެ. ކެބިނެޓުގައި ހުރި އެންމެ ގާބިލު އަދި އިލްމީ ބޭފުޅަކީ ޑރ. ޝަހީމްކަމަށްވުމާއި އެކު ގިނަ ބަޔަކު ވަނީ އެމްޑީޕީގެ ނިންމުމަކީ ޒާތީ ނިންމުމެއްކަމަށް ސިފަކޮށްފަ އެވެ.

މިއަދު މަޖިލީހުގައި 1:00 އަށް ތާވަލު ކުރި ޖަލްސާގައި ކޮންމެ ވަޒީރަކަށް ވެސް ވޯޓަށް އެހީ ވަކިވަކީންނެވެ. އެގޮތުން ތިން ވަޒީރަކަށް ރުހުން ދޭން ނުފެންނަކަމަށް ފާސްކުރި އިރު އެއީ ބަންޑާރަ ނައިބުކަމަށް އަހުމަދު އުޝާމް އަދި، ހައުސިން މިނިސްޓަރުކަމަށް ޑރ. އަލީ ހައިދަރުގެ އިތުރުން އިސްލާމިކް މިނިސްޓަރުކަމަށް ޑރ. ޝަހީމް އަލީ ސައީދަށެވެ.

ރުހުން ނުދޭން މަޖިލީހުން ފާސްކުރުމުން ޓުވީޓެއް ކުރައްވައި ޝަހީމް ވިދާޅުވީ ވެރިކަމުގައި ހުންނަވައިގެންނާއި ވެރިކަމުން ދުރުވުމަށް ފަހު ވެސް، ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކަށި ކޮށްލަން މަސަތްކަތް ކުރެއްވި ދެވަނަ ވެރިއެއް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫނީ ރާއްޖެ ދެކެފައި ނުވާކަމަށެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: