ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫތް މިނިސްޓަރުކަމަށް އަސްވާޑަށް ރުހުންދީފި

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް).
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫތު މިނިސްޓަރުގެ މަގާމަށް އިބްރާހިމް ވަހީދު (އަސްވާޑް) އަށް ރުހުން ދިނުމަށް މަޖިލިހުން ފާސްކޮށްފި އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ތާވަލުކުރުމުން، އެމްޑީޕީން ވަނީ އެ ޕާޓީއާއި ޑިމޮކްރެޓްސް ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމިކަމަށް ބުނެފަ އެވެ. އެއީ ޒާތީ ގޮތުން ނިންމި ނިންމުމެއްކަމަށް ބުނެ އެކަމާ ދެކޮޅަށް އާންމުން ނިކުމެ މަޖިލިސް ކައިރީ މުޒާހަރާ ކުރަމުން ގެންދިޔައިރު ވޯޓަށް އެހުމަށް ހުރަސް އަޅައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ވަނީ ތަޅުމުގައި އަޑުގަދަކޮށްފަ އެވެ. އެކި ފަހަރު މަތީން އިއްޔެ ޖަލްސާގެ ގަޑިތައް ތާވަލުކޮށް ވެސް ވޯޓުލުން ކުރިޔަށް ގެންދެވޭ ގޮތެއް ނުވެގެން ޖަލްސާ ނިންމާލީ ރޭގަނޑުގެ 11 ހާއިރެވެ.

އެއަށް ފަހު އެމްޑީޕީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ބުނެފައި ވަނީ، ގަދަބާރުން ރުހުން ހޯދަން ކުރާ މަސައްކަތް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. ވަޒީރުން އެ މަސައްކަތަށް ގާބިލުތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ޒިންމާ މަޖިލީހުގެ މައްޗަށް އޮތްއިރު ވަކި ގޮތަކަށް ވޯޓުދޭން މެމްބަރުންނަށް ބާރު ނުފޯރުވޭނެކަމަށް ވެސް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ބުންޏެވެ. އަދި އުނދަގޫކޮށް ޖަލްސާއަށް ހުރަސްއަޅާނަމަ އިތުރު ވަޒީރުންނަށް ވެސް ރުހުން ނުދޭނެކަމުގެ އިންޒާރު ދިނެވެ.

މިއަދު މަޖިލީހުގައި 1:00 އަށް ތާވަލު ކުރި ޖަލްސާގައި ކޮންމެ ވަޒީރަކަށް ވެސް ވޯޓަށް އެހީ ވަކިވަކީންނެވެ. އެގޮތުން ތިން ވަޒީރަކަށް ރުހުން ދޭން ނުފެންނަކަމަށް ފާސްކުރި އިރު އެއީ ބަންޑާރަ ނައިބުކަމަށް އަހުމަދު އުޝާމް އަދި، ހައުސިން މިނިސްޓަރުކަމަށް ޑރ. އަލީ ހައިދަރުގެ އިތުރުން އިސްލާމިކް މިނިސްޓަރުކަމަށް ޑރ. ޝަހީމް އަލީ ސައީދަށެވެ.

ޔޫތް މިނިސްްޓަރުކަމަށް އަސްވާޑަށް ވޯޓަށް އެހުމުން، ރުހުން ދޭން ފެންނަކަމަށް ވޯޓުގައި ބައިވެރިވި 71 މެމްބަރުންގެ ތެރެއިން 68 މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ. ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ފާސްވާނީ މަދުވެގެން 31 ވޯޓު ލިބިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: